- Advertisement -ad image

ޑޮމެއިން އާއި ގުޅުންހުރި އެއްވެސް މުއާމަލާތެއް ނުކުރުމަށް ރައީސް އޮފީހުން އަންގައިފި

ad image

ގުޅުންހުރި ލިޔުންތައް


ވަކިއެއްޗެއް އަންގަންދެން ޑޮމެއިންނާއި ގުޅުންހުރި އެއްވެސް މުއާމަލާތެއް ނުކުރުމަށް ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން ޓްރާންސްޕޯޓް މިނިސްޓްރީއަށް އަންގައިފިއެވެ.
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވާ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ޑޮމެއިން ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ މަންފާ ނުލިބޭ ގޮތަކަށް، ގަވައިދާ ހިލާފަށް ޑޮމެއިން ވިއްކަމުން ގޮސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި އެއްގަމު އުޅަނދުގެ ޑޮމެއިން ވިއްކުމާ ގުޅޭ މައްސަލަ ހައްލުކުރުމަށް ކޮމިޓީއެއް ކަނޑައަޅާފައި އޮންނަން ވާނެ ކަމަށް ބުނެފައިވީނަމަވެސް އެ ކޮމިޓީ އެކުލަވާލިކަން އެނގެން ނެތް ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.
އެހެންކަމުން މިދައުރުގެ ތެރޭގައި މިހާތަނަށް ހިދުމަތް ދެވިފައިވާ ޑޮމެއިން ތަކާއިގުޅޭ ތަފުސީލާ، ޑޮމެއިން ވިއްކުމާ ގުޅޭ ގޮތުން މިނިސްޓްރީން އަމަލުކުރަމުން ގެންދާ އުސޫލަކާއި ޑޮމޮއިން ވިއްކުމާއި ގުޅޭ ކަންކަން ގަވައިދާ އެއްގޮތަށް ނުހިންގިވާ ސަބަބެއް ވީއެންމެ އަވަހަކަށް އަންގަވައި ދެއްވުމަށް އެ ސިޓީގައި އެދިފައިވެއެވެ.
ޑޮމެއިންގެ މައްސަލަ ކުއްލިގޮތަކަށް ފެންމަތި ވެފައިމިވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޣަނީ ޖުމުހޫރީ ޕާޓީ ދޫކުރައްވައި މި މަހުގެ 15 ގައި އެމްޑީޕީ އަށް ސޮއިކުރެއްވި ފަހުންނެވެ. އޭގެ ފަހުން ހަމަދު ގެންދަވަނީ ކޮރަޕްޝަނާ ގުޅޭ އެކި ތުހުމަތުތައް ނަހުލާ އަށް ކުރައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ