- Advertisement -ad image

އަޅުގަނޑުގެ ވެރިކަމެއްގައި ރަމަޟާންމަހުގެ ފަހު 10 ސަރުކާރު ބަންދުކުރާނަން: މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ވެރިކަމަށް ވަޑައިގެންފި ނަމަ، ރަމަޟާން މަހުގެ ފަހު 10 ގައި ސަރުކާރުގެ އޮފީސްތައް ބަންދު ކުރައްވާނެ ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު އަދި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބ. އޭދަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ، ރައްޔިތުން ފުރުސަތު ދެއްވައިފިނަމަ އެންމެ އިސްކަމެއް ދޭނެ ކަމަކީ އިސްލާމީ އުސޫލުތައް ގާއިމްކުރުމާއި ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުން ކަމަށެވެ. އެގޮތުން، ރައްޔިތުންނަށް ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތުތައް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.
އަދި ދިވެހިންގެ ހުރިހާ ކަމެއް ބިނާވެގެން ވަނީ އިސްލާމް ދީނުގެ ސިޔާސަތުތަކުގެ މައްޗަށް ކަމަށާއި ދިވެހިންނަކީ މާތްވެގެންވާ އިސްލާމް ދީނުގައި ތިބި ބައެއް ކަމަށެވެ.
މާލެ ސިޓީގެ މޭޔަރު ގޮތުގައިވެސް ހުންނެވި މުއިއްޒު ވިދާޅުވީ ފާއިތުވި އަޟްހާ އީދު ދުވަހު ސިޓީ ކައުންސިލުން އިސް ނަގައިގެން މާލޭގައި ތަކުބީރު ޖަހައި، ގިޑިގެތައް ހެދުމުން ރައްޔިތުން ވަރަށްބޮޑަށް އެކަންތައް ބަލައިގެންކަމަށެވެ.


އެހެންކަމުން ދީނީ ކަންކަމަށް ފުރުސަތު ދިނުމުގެ ގޮތުން އޭނާގެ ވެރިކަމެއްގައި ކޮންމެ ރަމަޟާން މަހެއްގެ ފަހު 10 ސަރުކާރު ބަންދުކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އެ 10 ދުވަސް ބަންދު ކުރުމުން އުމްރާއަށް ދާން ބޭނުންވާ މުވައްޒަފުންނަށް ވެސް އިތުރު ޗުއްޓީއަކާ މެދު ނުވިސްނާ އެކަން ކުރެވޭނެކަން މުއިއްޒު ފާހަގަކުރެއްވި އެވެ.
މުއިއްޒު ވަނީ އިސްލާމީ އުސޫލުތައް ރާއްޖޭގައި ގާއިމް ކުރުމުގެ އިތުރުން، އިސްލާމީ ގައުމުތަކާ ގާތް ގުޅުމެއް އޭނާގެ ސަރުކާރެއްގައި ބާއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އަރަބި ގައުމުތަކާ އެކު ގާތް ގުޅުމެއް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ނަމަވެސް، މި ފަސް އަހަރު އެކަން ގޮސްފައިވަނީ ވަރަށް ދެރަކޮށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ