- Advertisement -ad image

ދަރަވަންދޫ ރައްޔިތުންނަށް މުއިއްޒު ދެއްވީ ވަޒީފާގެ ޔަގީންކަން!

ad image

ގުޅުންހުރި ލިޔުންތައް


މިހައެއްކަ ދުވަހު ވަޒީފާއިން ވަކި ކުރިއަސް ފަރުވާ ބެހެއްޓުމެއްނެތި ކެމްޕެއިނުގައި މަސައްކަތް ކޮށްދެއްވުމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ބ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ޑރ މުއިއްޒު ވިދާޅުވީ ވަޒީފާއެއް ދެނީ ވަކި މީހަކަށް ވަކި ޕާޓީއަކަށް ސަނާ ކިޔަން ނޫން ކަމަށެވެ.


އަދި ބައެއް ރަށް ރަށަށް އެމަނިކުފާނު ވަޑައިގަންނަވާއިރު ކުންފުނިތަކުގެ މެނޭޖަރުން އެ ކުންފުނިން ނިކުންނަނީ ކޮން މުވައްޒަފުންނެއްތޯ ބަލަން ބަނދަރުގައި ހުންނަ ކަމަށާއި އެފަދަ ބިރުވެރިކަމެއްގައި މުވައްޒަފުން ތިބޭ ތިބުން ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ.
“ މިފަދަ ހުރިހާ ބިރުވެރިކަމަކުން ރައްޔިތުން ސަލާމަތް ކުރުމަށް ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަ ފުރުސަތު ގާއިމުކޮށްދިނުމަށް ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން އަޅުގަނޑު ހޮވައިދިނުމަށް މި އެދެނީ” ޑރ މުއިއްޒު ވިދާޅުވިއެވެ.

އިންތިހާބަށް މަދު ދުވަސްކޮޅަކަށް ވެފައިވާކަން ފާހަގަކޮށް މުއިއްޒު ދެއްވި ޔަގީންކަމަކީ ރައްޔިތުންގެ ތާއީދާއެކު ވެރިކަމާ ހަވާލުވެ، މަގުބޫލު އުޒުރެއް ނެތި ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް ވަޒީފާ އިއާދަކޮށްދޭނެ ކަމެވެ. އަދި ރާއްޖޭގެ ދަރަނި އަދާކޮށް، އެ މުވައްޒަފުންގެ މުސާރަތައް ވެސް ބޮޑުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
ދަރަވަންދޫގައި ވެސް އެމަނިކުފާނު ވަނީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކުރާނެ ކަމަށް ވިދާޅުވަމުންދާ ބަސްފުޅު ތަކުރާރު ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ