- Advertisement -ad image

ތުޅާދޫ އެއާޕޯޓާއި، ހޮސްޕިޓަލުގެ މަސައްކަތް ނިންމާ ހަގީގަތަކަށް ހަދައިދޭނަން: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


މި ސަރުކާރުން ތުޅާދޫ ރައްޔިތުންނަށް ދަޅަ ދައްކަމުންދާ އެއަރޕޯޓާއި ހޮސްޕިޓަލުގެ މަސައްކަތް ނިންމާ ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކެމްޕެއިން ދަތުރުފުޅުގައި މިއަދު ތުޅާދޫ އަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެއްވެސް ރަށެއްގައި ތަރައްގީގެ އެއްވެސް މަސައްކަތެއް ނިންމަނީ ނިންމަނީ ވިދާޅުނުވާނެ ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި ކޮންމެ ކަމަކުންވެސް ނަތީޖާ ނެރެދެއްވާނެ ކަމަށެވެ.


ތުޅާދޫއަށް މުއިއްޒު މިއަދު ވަޑައިގެންނެވުމުން އެރަށުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިޚާބަށް 9 ދުވަސްވުމުން ރައްޔިތުންގެ ލޮލުގައި އަނދުން އެޅުމަށް ބިން ހިއްކުމަށް ހައިމާކެއް ގެނައުމުން އެއާޕޯޓް ނޭޅޭނެކަމަށެވެ. އިހުލާސްތެރި ކަމެއް ހުރިނަމަ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި މިކަން ނުކުރީ ކީއްވެތޯ ރައްޔިތުން އަހަންޖެހޭކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ވެރިކަމާއި ހަވާލުވެ އެއާޕޯޓްގެ މަސައްކަތް ނިންމައި ރައްޔިތުންގެ އުންމީދު ހަގީގަަތަކަށް ހަދާދޭނެކަމަށެވެ. އަދި މިއާއިއެކު ޒުވާނުންނަށް އެތައް ވަޒީފާއެއް އިތުރުވެގެން ދާނެކަމުގެ ޔަގީންކަން އޮތްކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ތުޅާދޫއަށް ބޭނުންވަނީ 100 ހައުސިން ޔުނިޓު ނޫންކަމަށެވެ. ހޮސްޕިޓަލު އަޅަން ދީފައިވާ ބިމަކީ އެންމެ ރަނގަޅު ސަރަހައްދު ނޫންކަން ރައްޔިތުންގެ ފަރާތުން އެނގިފައިވާކަމަށާއި، ރައްޔިތުން އެދޭ ތަނެއްގައި ހޮސްޕިޓަލު އަޅާދޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ