- Advertisement -ad image

ހައްޖު ކޯޓާ ދެހާހަށްވުރެ އިތުރު ކުރަން ސައުދީގައި އެދިގެން ވަރަށް މަސައްކަތް ކުރާނަން: ޑރމުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖެއަށް މިހާރު ލިބިފައިވާ ހައްޖުކޯޓާއި ދެހާހަށްވުރެ އިތުރު ކުރުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުގައި އެދިގެން ވަރަށް މަސައްކަތް ކުރައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ޅ ނައިފަރުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ މިހާރު ރާއްޖެއަށް ލިބިފައި އޮންނަނީ 1000 ކޯޓާ ކަމަށާއި މިއަދަދު 2000 އިތުރު ކުރުމަށް ސައުދީ ސަރުކާރުގައި ދަންނަވައިގެން ވަރަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.


އަދި އެމަނިކުފާނުގެ ސަރުކާރެއްގައި ހައްޖަށްދާން ނަންނޯޓު ކޮށްފައި އޮންނަ ދިގު ކިޔު ފުރަތަމަ ދެއަހަރުގެ ތެރޭގައި ނިމުމަކަށް ގެނެވުމަށް ހާރިޖީ ސިޔާސަތުގެ ތެރެއިން ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.

“ އިންތިހާބުވެއްޖެނަމަ އެންމެ ފުރަތަމަ ކަމަކަށް މިހާރު ރާއްޖެއަށް ލިބިފައި އޮންނަ ހައްޖު ކޯޓާ ދެހާހަށް ބަދަލުކުރުމުގެ މަޝްވަރާތައް ފަށާނީ. އަދި އޭގެ އިތުރަށް މިހާރު އޮތް ވެއިޓިން ލިސްޓް ފިލުވާލުމަށް ދެއަހަރަކަށް ބަހާލައިގެން ވަގުތީ ގޮތުން އިތުރު ކޯޓާ ހަމަޖައްސައިދިނުމަށްވެސް އެދޭނަން” މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވިގޮތުގައި ރައީސް ޔާމީން ގެންގުޅުއްވި ހަރުދަނާ ހާރިޖީ ސިޔާސަތުގެ ތެރެއިން ކިންގް ސަލްމާން އަށް ދަންނަވައިގެން މިކަންކަންކުރެވޭނެ މަގުތައް ތަނަވަސްކުރުމުގެ މަސައްކަތް ހަލުވިކޮށް ކުރައްވާނެ ކަމަށެވެ.
ޑރ މުއިއްޒު މީގެ ކުރިން ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ފަސް އަހަރަށް ބަހާލައިގެން 1000 ފަގީރުން ހައްޖަށް ފޮނުވުމަށްވެސް ވައުދުވެފައެވެ. އަދި ރާއްޖެއިން ހައްޖަށް ދިއުމަށް ދައްކަންޖެހޭ އަގަކީ ރައްޔިތުންނަށް ފަސޭހަ ލުއި އެއްޗަކަށް ހަދައިދެއްވަން މަސައްކަތް ކުރާނެ ކަމުގެ ވައުދުވެސް ޑރ މުއިއްޒު ވަނީ ވެވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ