- Advertisement -ad image

ނައިފަރުގެ ބިން ހިއްކާ، ފީފާ ގަބޫލުކުރާ ސްޓޭޑިއަމެއް ގާއިމުކުރާނަން: މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ޅ.ނައިފަރުގައި 45 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއެއް ފައްޓަވައި ދެއްވާނެ ކަން އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޅ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ނައިފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ނައިފަރުގައި 80 ވަރަކަށް ގޯތި ދެވެން އޮތް އިރު، އެކަން ސަރުކާރުން ހިފަހައްޓާފައިވާ ކަމަށެވެ. އެހެންވެ، އޭނާގެ ވެރިކަމެއްގައި އެ ގޯތިތައް ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ނައިފަރުގައި 45 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއެއް ފައްޓަވައި ދެއްވާނެ ކަން ވެސް މުއިއްޒު އިއުލާން ކުރެއްވިއެވެ.


މުއިއްޒު ވިދާޅުވި ގޮތުގައި ގެދޮރުވެރިކަމަކީ ނައިފަރުގެ ރައްޔިތުންނަށްވެސް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. އެ ރަށުގައި އެކަނި ވެސް 900 އަށް ވުރެ ގިނަ ރައްޔިތުން ގެދޮރު ބޭނުންވާ ކަމަށާއި އެހެންވެ، ރަށުގައި ގެދޮރުވެރިކަމުގެ މަޝްރޫއެއް ހިންގަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. މުއިއްޒު އިއުލާން ކުރެއްވީ ނައިފަރުގައ 400 ހައުސިން ޔުނިޓް އެޅުމުގެ ވައުދެވެ.
އަދި ކުޅިވަރުގެ ރޮނގުން ކުރިއަށްދާން ޒުވާނުންނަށް ފުރުސަތު ދިނުމަށް ފީފާ ގަބޫލުކުރާ ސްޓޭޑިއަމެއް އެރަށުގައި ގާއިމުކޮށް ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކޮށްދިނުމަށް ޑރ މުއިއްޒު ވައުދުވެވަޑައިގަތެވެ.

“ނައިފަރުގެ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންގޮސްދޭނަން. ހަމައެއާއެކު، ސްޕީޗް ތެރަޕީ ލިބޭހެން މި ރަށުގެ ޞިއްޙީ ނިޒާމު ވަރުގަދަކޮށް، މި ރަށު ހޮސްޕިޓަލަކީ މާލެ ނުގޮސް މިރަށުން ހުރިހާ ޚިދުމަތެއް ލިބޭފަދަ ހޮސްޕިޓަލަކަށް ހަދައިދޭނަން” މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ