- Advertisement -ad image

ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓަން ބޭނުންވާނަމަ ޑރ މުއިއްޒަށް ވޯޓުދެއްވާ: އަދުރޭ

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓަން ބޭނުންވާނަމަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ޑރ މުހައްމަދު މުއިއްޒަށް ވޯޓުދިނުމަށް ޕީއެންސީގެ ރައީސް އަބުދުއްރަހީމް އެދިވަޑައިގެންފިއެވެ.
ފޮނަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ އަނިޔާވެރިކަމާއި ފަސާދައާއި ހިޔާނާތްތެރިކަމާއި ދެކޮޅަށް ވޯޓެއް ދެންޏާ ކެންޑިޑޭޓު ނަމްބަރު ހަތަރެއް ޑރ މުއިއްޒުއަށް ވޯޓު ދިނުމަށް އެދޭ ކަމަށެވެ.
“ ތިޔަބޭފުޅުން ޝަރުއީ ނިޒާމު އިތުރަށް ވަރުގަދަ ކުރަން ބޭނުންވަންޏާ ޑރ މުއިއްޒަށް ވޯޓުދެއްވާ. ތިޔަބޭފުޅުން ތައުލީމީގޮތުން އައު ހަރުފަތްތަކެއް ގިރާ ކުރަން ބޭނުންވަންޏާ ޑރ މުއިއްޒަށް ވޯޓުދެއްވާ. ތިޔަބޭފުަޅުންގެ ފަސްގަނޑު ރައްކައުތެރިކޮށް ބާއްވަން ބޭނުންނަމަ ކެންޑިޑޭޓު ނަމްބަރު ހަތަރަކަށް ވޯޓުދެއްވާ “ އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ މިއީ އަހަރުމެންގެ އަމިއްލަ ގައުމުވިއަސް މިއަދު މިވަނީ އަހަރުމެންގެ އަތުން މިގައުމު ބީވެގެންދާން ކައިރިވެފައި ކަމަށާއި މިއަދު ވަނީ މިނިވަންކަން ގާދޫ ކޮޅުން ބޭރުވެފައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ