- Advertisement -ad image

ފުޅައްމަތިން ފުންމާނުލާހާ ހިނދަކު ކޮންމެ ގައުމަކާވެސް ގުޅުން ބަދަހި ކުރާނަން: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


އިންފަހަނަ އަޅާ ގޮސް ފުޅައްމަތިން ފުންމާނުލާހާ ހިނދަކު ކޮންމެ ގައުމަކާވެސް ގުޅުން ބަދަހި ކުރާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ އެއްވެސް ޤައުމަކާއި ދުރެއް ނުވާނެ ކަމަށާއި ދިވެހިންގެ ވަށާފާރު މަތިން ނާރާހާ ހިނދަކު ގާތް ގުޅުން އޮންނާނެ ކަމަށެވެ. އަދި މިނިވަން ކަމާއި ސިޔާދަތާއި އިސްތިގުލާލު ހިފެހެއްޓާނެ ކަމަށާއި އަބަދުވެސް ގެންގުޅޭނީ ދިވެހިން އިސްކުރާ ސިޔާސަތެއް ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.
“ މިއީ މިނިވަން މުސްތަގިއްލު ޤައުމެއް. މިނިވަންކަމަށް އިޚުތިރާމު ކުރަން ޖެހޭނެ. އެގުޅުން އޮންނަހާ ހިނދަކު އެއްވެސް ބަޔަކާއި ދުރެއް ނުވާނެ “ ޑރ މުއިއްޒު ވިދާޅުވިއެވެ.
ޑރ.މުޢިއްޒު ވިދާޅުވީ ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ ދިވެހިން އެދޭ ކަމެއް ނޫން ކަމަށެވެ. އަދި މަނަވަރެއްގައި ތަމްރީނު ހަދަން އައިސް ފަސް އަހަރު ތިބޭނެތޯ އޭނާ ސުވާލުކުރެއްވިއެވެ.

“ކޮމާޝަލް އެގުރީމެންޓުގެ ގޮތުގައި ފެންނަން ހުރި އެގްރީމެންޓުތަކުގެ ކޮމާޝަލް ޓާމްސް ހޯދަން އާރުޓީއައި ލައިގެން ނޫސްވެރިންނަށް ނުފެނިގެން މިއުޅެނީ ޤައުމީ ސަލާމަތަށް ނުރައްކާވާތީ. އެއީ އެއްވެސް ގޮތަކަށް ދިވެހިންނަށް ބޭނުންވާ ގޮތެއް ނޫން،” ޑރ.މުޢިއްޒު ވިދާޅުވިއެވެ.

އިތުރަށް ޑރ.މުޢިއްޒު ވިދާޅުވީ ރާއްޖޭގެ އަމިއްލަވަންތަކަން އަނބުރާ އިއާދަކުރެވޭނީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން މި ޤައުމުން ފޮނުވައިލެވިގެން ކަމަށެވެ. އެކަމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.
ޑރ.މުޢިއްޒު ވިދާޅުވެފައިވަނީ ރާއްޖޭގައި ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މިފަދައިން ޑރ.މުޢިއްޒު ވިދާޅުވިއިރު އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވަނީ މިލިޓަރީ އެއްވެސް ބޭނުމަކަށް ރާއްޖޭގައި އެއްވެސް ޤައުމެއްގެ ސިފައިން ނެތް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ