- Advertisement -ad image

އަޅުގަނޑުމެން މި އަންނަނީ މަޝްރޫއުތައް ހުއްޓިފައި ހުރީމަ މަޝްރޫތައް ކުރިއަށް ގެންދަން: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމުގެ އެންމެ ބޮޑު މަގުސަދަކީ ރަށްތަކުގައި ހުއްޓިފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކަމަށާއި ރައްޔިތުން އެދޭ ތަރައްގީ ޔަގީންކޮށްދިނުމަށް ކަމަށް ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ތ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޑރ މުއިއްޒު ވަނީ މިއަދު ތިމަރަފުށި، ހިރަލަންދޫ އަދި ވޭމަންޑޫއަށް ވަޑައިގެންފައެވެ.
މިރަށްތަކުގެ ރައްޔިތުންނާއި ވާހަކަ ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނަކީ މަޝްރޫއުތައް ހުއްޓާލާނެ ލީޑަރެއް ނޫން ކަމަށެވެ.
އަދި ތަރައްގީއަކީ އިރާދަކުރެއްވިއްޔާ ރައީސް ޔާމީން ދަސްކޮށްދެއްވާފަ އޮތް ކަމަކަށް ވާތީ ޑރ މުއިއްޒުގެ ވެރިކަމެއްގައި ތަރައްގީ ރައްޔިތުންނަށް ޔަގީންވެގެންދާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ މި ސަރުކާރުން ފަށާފައިވާ ބިން ހިއްކުމުގެ މަޝްރޫއުތައް ހިމެނޭހެން އެއްވެސް މަޝްރޫއެއް ހުއްޓާނުލާ އޭނާގެ ވެރިކަމެއްގައި އެ މަޝްރޫއުތައް ރައްޔިތުންގެ ހިޔާލާއެކު މާ ރަނގަޅަށް ކުރިއަށް ގެންގޮސްދޭނެ ކަމަށެވެ.

ތ.ވޭމަންޑޫއާއި، ކިނބިދޫ ގުޅާލަން ރައީސް ޔާމީން ވެވަޑައިގެންފައިވާ ވައުދު ހަގީގަތަކަށް ހަދައި ދޭނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
“މި ދެރަށް ގުޅާލުމާއި ބިން ހިއްކުމުގެ މަޝްރޫއަކީ ދެކޮޅު ޖެހޭ ސިޔާސަތެއްގެ ގޮތުގައި، އަޅުގަނޑުމެންނަށް ފެންނަނީ. އެއީ ހަރަދަކަށްވުރެ ނަފާ އަނބުރާ ލިބޭ ބޮޑު އިންވެސްޓްމެންޓަކަށް ވާތީ” މުއިއްޒު ވިދާޅުވިއެވެ.
ވޭމަންޑޫއަށް މުއިއްޒު ވެވަޑައިގެންނެވި ބައެއް ވައުދުތައް:

މަގުތައް ހަދާދޭނަން
ރަނގަޅު ފެންވަރުގެ ބަނދަރެއް ހަދާދޭނަން
ސިއްޚީ ނިޒާމު ހަރުދަނާކުރާނަން
ވޭމަންޑު ކިނބިދޫ ގުޅާލުން
ބިން ހިއްކަދޭނަން
މުއިއްޒު ވިދާޅުވީ، ވޭމަންޑޫއަކީ އެމަނިކުފާނަށް ބޮޑު އަގުލަބިއްޔަތެއް އިންތިހާބުގައި ލިބޭނެ ރަށެއް ކަމަށް ގަބޫލުފުޅު ކުރެވޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ