- Advertisement -ad image

ޑރ މުއިއްޒުގެ ވައުދުތަކުން ލ އަތޮޅުގެ ރައްޔިތުން ހެއްވާލައިފި

ad image

ގުޅުންހުރި ލިޔުންތައް


ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ލ އަތޮޅުގެ ރަށްތަކަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ލ އަތޮޅަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފިއެވެ.
އެގޮތުން ޑރ މުއިއްޒު ވަނީ އާދިއްތަ ދުވަހު ލ މާވަށުގެ އިތުރުން ގަމަށްވެސް ވަޑައިގެންފައެވެ.
މާވަށަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަގަހަ ޖަލްސާގައި މުއިއްޒު ވަނީ ލާމު އަތޮޅަކީ ގުދުރަތީ ރީތި ކަމެއް އެކުލެވިފައިވާ އަތޮޅެއް ކަމަށާއި އެ އަތޮޅުގައި ފަތުރުވެރިންނަށް ޚާއްސަ އެތައް ތަނެއް ހުންނަކަން ފާހަގަކުރައްވާފައެވެ.
އެހެންކަމުން މާވަށާއި ލ. އަތޮޅުގެ އެހެން ރަށް ތަކުގެ ކައިރީ ރިސޯޓްތައް ގިނަ ކުރަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.


“އަޅުގަނޑުމެން ޤަބޫލު ކުރަނީ މި އަތޮޅަށް، މި ސަރަހައްދަށް މި ރަށް ކައިރިއަށް ވިޔަސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސިޔާސަތު އެކުލެވޭނެ ރިސޯޓް ތަކެއް މި އަތޮޅަށް ގެނެވޭނެ..” މުއިއްޒު މާވަށު ރައްޔިތުންނާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.
ލ ގަމުގައި ރޭ ބޭއްވި ޖަލްސާގައި ޑރ މުއިއްޒު ވިދާޅުވީ އެރަށުގައި ނޭޝަނަލް މެންޓަލް ހެލްތް ހޮސްޕިޓަލެއް ޤާއިމް ކޮށްދެއްވާނެ ކަމަށެވެ.
އަދި މުޢިއްޒު ވިދާޅުވީ ނޭޝަނަލް މެންޓަލް ހެލްތް ހޮސްޕިޓަލަކީ ކޮންމެހެން ރާއްޖޭގައި ހުންނަން ޖެހޭނެ ތަނެއް ކަމަށެވެ. އަދި އޭނާ ވެރިކަމެއްގައި ހުރިހާ އެންމެންގެ ވެސް މެންޓަލް ހެލްތައް ޚާއްސަ އަހަމިއްޔަތު ކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވިއެވެ.

“އަޅުގަނޑުމެން އެހެން ރަށެއްގައި އިއުލާންކުރި އަޅުގަނޑުމެންގެ ހެލްތް މެނިފެސްޓޯގައި ހިމަނާފައި ވާނީ. އެއީ ރާއްޖޭގައި ވަރަށް ގިނަ ނަފްސާނީ ބަލިތައް. މުޖުތަމައު އޮތް ގޮތުން، ނޭޝަނަލް ލެވެލްގެ މެންޓަލް ހެލްތް ހޮސްޕިޓަލެއް އަޅަން .ވަކި ރަށެއް މީގެ ކުރިން އިއުލާނެއް ކޮށްފައިނުވާނެ.” މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، ބޭރުގެ ޤައުމުތަކުގައި ވެސް މިފަދަ މެންޓަލް ހެލްތް ހޮސްޕިޓަލްތައް ޤާއިމް ކޮށްފައި ވަނީ ފެހި ގަސް ގިނަ ހިތް ފަސޭހަ މާހައުލެއްގައި ކަަމަށެވެ. އެހެންކަމުން މިރަށުގައި މެންޓަލް ހެލްތް ހޮސްޕިޓަލް އަޅުއްވަން ނިންމި ކަމަށް ވެސް ނިންމީ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ