- Advertisement -ad image

އިމުރާނު ހުރީ މަގާމުގެ ދަހިވެތި ކަމުގައި ދީން ވިއްކާލައިގެން: އަދުރޭ

ad image

ގުޅުންހުރި ލިޔުންތައް


ހޯމް މިނިސްޓަރު އިމުރާނަކީ މިގައުމަށް ގައްދާރެއް ކަމަށާއި އޭނާ ހުރީ މަގާމުގެ ދަހިވެތިކަމުގައި ދީން ވިއްކާލައިގެން ކަމަށް ޕީއެންސީގެ ރައީސް އަބުދުއްރަހީމް ވިދާޅުވެއްޖެއެވެ.
ރޭ ލ ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ އިމުރާނަކީ މުނާފިގެއް ކަމަށާއި އޭނާ ހުރީ މުރުތައްދުވެފައި ކަމަށެވެ.
“ މުރުތައްދުވެފައި އެހުރީ. އަލުން ތައުބާވާންޖެހޭނީ. މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށްފައި ރަސޫލާއަށް ހަޖޫޖެހީމަ އެވެރިކަން ދަމަހައްޓަން އެހެރީ. އެވެރިކަން ދަމަހައްޓަން ފޫގަޅައިގެން ނިކުމެ އެހުރީ “ އަދުރޭ ވިދާޅުވިއެވެ.
އަބުދުއްރަހީމު އިތުރަށް ވިދާޅުވީ އެ ކޯލުޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުއިއްޒާއި ކުޅެންޏާއި ނިކަން ކަންތައް ގޯސްވާނެ ކަމަށެވެ.
“ މުއިއްޒުގެ ދިފާއުގައި ވަރަށް ވަރުގަދަ ޓީމެއް އޮތީ. މުއިއްޒާއެކީ އޮތީ ހިތްވަރު ހުރި ޓީމެއް. މުއިއްޒާއި އެކީ އޮތީ ކެރޭ ޓީމެއް، ވާހަކަ ދެކެވޭ ޓީމެއް “ އަދުރޭ ވިދާޅުވިއެވެ.
އިމުރާނުގެ ފަތިފުށް މާ ހަޑި ކަމަށް އަދުރޭ ވިދާޅުވިއެވެ.
އެމްޑީޕީން މާލޭގައި ބޭއްވި ޖަލްސާގައި އިމުރާނު ވަނީ ޑރ މުއިއްޒަށް އަމާޒުކޮށް ހަގީގަތެއް ނެތް ގިނަ ތުހުމަތުތަކެއް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ