- Advertisement -ad image

ޕީޕީއެމް ޕީއެންސީ ނުރޫޅޭނެ، އިންތިހާބު ކާމިޔާބު ކުރާނީ 60 އިންސައްތަ ހޯދައިގެން: އަދުރޭ

ad image

ގުޅުންހުރި ލިޔުންތައް


ޕީޕީއެމް/ޕީއެންސީ ތެރޭގައި ފިތުނަ އުފައްދާ ރޫޅާލަން ކިތަންމެ މަސައްކަތެއް ކުރިއަސް އެމްޑީޕީއަށް އެކަން ކާމިޔާބު ނުވާނެ ކަމަށް ޕީއެންސީގެ ރައީސް އަބުދުއްރަހީމު ވިދާޅުވެއްޖެއެވެ.

ޑރ މުއިއްޒާ ގުޅޭގޮތުން އެމްޑީޕީގެ އެކި ޖަލްސާތަކުގައި ވާހަކަ ދައްކަމުންދާތީ އަދުރޭ ވަނީ ރޭ އެކަމަށް ރައްދު ދެއްވާފައެވެ. އަދުރޭ ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ރޫޅާލަން މަސައްކަތް ކުރާ ބަޔަކު ގޮތް ހުސްވެގެން ޖެހޭނީ އެމަސައްކަތް ހުއްޓާލަން ކަމަށެވެ.
ޑރ. މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ ވޯޓުލާ މީހުންގެ 60 އިންސައްތަ ތާއީދާއެކު ކަމަށް އަދުރޭ ވިދާޅުވިއެވެ.
ލ އަތޮޅު ގަމުގައި ރޭ ބޭއްވި ޖަލްސާގައި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހް 56 އިންސައްތަ ވޯޓުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެ ދެއްކެވި ވާހަކަފުޅުތަކަށް ވެސް އަދުރޭ ވަނީ ރައްދު ދެއްވާފައެވެ.
އެގޮތުން އަދުރޭ ވިދާޅުވީ ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ކުރި ދަތުރުތަކުން މުޅި ރާއްޖެ އޮތީ ބަދަލަކަށް ބޭނުންވެފައި ކަން އެނގިގެން ގޮއްސިކަމުގައެވެ. އެ ރައްޔިތުން ބޭނުންވާ ބަދަލުން ހެޔޮ ގޮތްތަކެއް ފަހިވާން އޮތީ މުއިއްޒު އިންތިޚާބު ކޮށްގެން ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ