- Advertisement -ad image

ރައީސް ޔާމީންގެ ލެގަސީ މިސަރުކާރަށް ދުއްވާ ނުލެވޭނެ، އެއީ މިޤައުމުގެ ތަރައްޤީގެ ބާނީ: ސެމްބެ

ad image

ގުޅުންހުރި ލިޔުންތައް


ރައީސް ޔަމީންގެ ލެގަސީ މިސަރުކާރަށް ދުއްވާ ނުލެވޭނެ ކަމަށާއި އެމަނިކުފާނަކީ މިޤައުމުގެ ތަރައްޤީގެ ބާނީ ކަމަށް އިދިކޮޅު ކޯލިޝަނުގެ ރަނިންމޭޓު ހުސެއިން މުހައްމަދު ލަތީފު ވިދާަޅުވެއްޖެއެވެ.
ރައީސް ޔާމީންގެ އަނބިކަނބަލުން ވަނީ އަމަލީ ގޮތުން ރޭ ޑރ މުހައްމަދު މުއިއްޒުގެ ކެމްޕެއިނުގައި ބައިވެރިވެވަޑައިގެންފައެވެ.
މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ސެމްބެ ވިދާޅުވީ ކިތަންމެ އަނިޔާއެއް ދިނަސް، އެމަނިކުފާނު ފޮރުވައިގެން އުޅުނަސް އެމަނިކުފާނަށް އޮތް ތާއީދު ދުވަހަކުވެސް މިފަސްގަނޑުން ނުފޮހެވޭނެ ކަމަށެވެ.
ރިޔާސީ ކެމްޕޭންގައި ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަމުންދާ އެންމެ ބޮޑު މަސައްކަތް ކަމުގައިވާ، ޑރ.މުއިއްޒަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް ޢަމަލީ ގޮތުން ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް ބައިވެރިވެ ވަޑައިގެންނެވި ޚާއްސަ ހަފްލާގައި ސެމްބެ ވަނީ ވަރަށް އިޚުލާސް ތެރިކަމާއިއެކު މެޑަމަށް ޝުކުރު އަދާ ކުރައްވާފައެވެ. ސެމްބެ ވިދާޅުވީ މެޑަމް ފާތުންއަކީ އަންހެން ކަނބަލުންނަށް ނަމޫނާ ކަނބަލެއް ކަމަށެވެ. އެކަމާނާ މި ފަސް އަހަރު ކުރެއްވި ހިތްވަރާއި ކެތްތެރި ކަމަކީ ހުރިހާ ކަނބަލުންނަށް އޮތް ނަމޫނާއެއް ކަމަށެވެ.
ސެމްބެ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްފަހު އެންމެ ފުރަތަމަ ކުރައްވާނެކަމަށް ޑރ.މުއިއްޒު ވިދާޅުވެފައިވަނީ ރައީސް ޔާމީން މިނިވަން ކުރުން ކަމަށާއި، އެކަން ދިވެހި ރައްޔިތުންގެ ހައްގުގައި އެމަނިކުފާނުގެ ޢާއިލާގެ ހައްގުގައި ކުރާނީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރުން ކަމަށް ސެމްބެ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ