ރާއްޖޭގެ ދީނީ އިލްމްވެރިންގެ ގުޅުމުން، ޢިލްމުވެރިންގެ މެދުގައި ނެގި ޚިޔާލް ހޯދުމުގެ ވޯޓުން ޢިލްމުވެރިންގެ ސާފު ޢައުލަބިއްޔަތު އޮތީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއަށް ކަމަށް ހާމަވެއްޖެއެވެ.
ޢިލްމުވެރިންގެ މެދުގައި މިފަދަ ވޯޓެއް ނަގާފައި މިވަނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އިލްމުވެރިންގެ ތާއީދު އޮތް ބޭފުޅެއް ބެލުމަށެވެ. އިލްމުވެރީންގެ ގުޅުމަކީ 150 ވުރެ ގިނަ އިލްމުވެރިން ހިމެނޭ ހަރަކާތެކެވެ. ޚިޔާލް ހޯދުމުމުގެ ވޯޓުގައި ބައިވެރިވީ މީގެ ތެރެއިން 105 ޢިލްމުވެރިއެކެވެ.
ރޭކުރިއަށްދިޔަ މިވޯޓުގައި ބައިވެރިވި ޢިލްމުވެރިންގެ ތެރެއިން ސާފު ޢައުލަބިއްޔަތު ލިބުނީ އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއަށެވެ. އިންތިޚާބުގައި ވާދަކުރައްވާ 8 ކެންޑިޑޭޓުންގެ މެދުގައި ކުރިއަށްދިޔަ މިވޯޓާއިމެދު ޢިލްމުވެރިންގެ ގުޅުމުގައި ހިމެނޭ ޢަދަލާތު ޕާޓީއަށް ނިސްބަތްވާ ބޭފުޅުންވެސް ވަނީ ބައިވެރިވެފައެވެ. މިވޯޓުގެ ޑރ.މުއިއްޒަށް 82 އިންސައްތަ ލިބުނު އިރު މުއިއްޒާއި ކިރިޔާވެސް ވާދަކުރައްވާ ރައީސް ސާލިހަށް ލިބިވަޑައިގެންނެވީ 4 އިންސައްތަ ވޯޓެވެ.
އިލްމުވެރީންގެ ވޯޓްގެ ނަތީޖާ:
ޑރ. މުހައްމަދު މުއިއްޒު – 87 ވޯޓް
އުމަރު ނަސީރު – 9 ވޯޓް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް – 5 ވޯޓް
ގާސިމް އިބްރާހިމް – 1 ވޯޓް
ފާރިސް މައުމޫން – 1 ވޯޓް
އިލްޔާސް ލަބީބް – 1 ވޯޓް
މުހައްމަދު ނާޒިމް – 1 ވޯޓް
ހަސަން ޒަމީލް – 0 ވޯޓް
ޢިލްމުވެރިންގެ ގުޅުމުން ވަނީ ރިޔާސީ އިންތިޚާބުގައި ކުރިމަތިލައްވާ ކެންޑިޑޭޓުންނާއިވެސް ބައްދަލުކޮށް ޢިލްމުވެރިންގެ ބޭނުންވާ މައުލޫމާތުތައް ސާފު ކުރައްވާފައެވެ.



