- Advertisement -ad image

މުއިއްޒުއާ ސުވާލު ކުރަން ބޭނުންވާ ފަރާތްތަކަށް މިރޭ އެފުރުސަތު ލިބޭނެ!

ad image

ގުޅުންހުރި ލިޔުންތައް


އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު އާއި ބޭނުން ކޮންމެ ސުވާލެއްކުރުމުގެ ފުރުސަތު ލިބޭ ޕްރޮގުރާމެއް މިރޭ ސަންގު ޓީވީން ގެނެސްދޭން ތާވަލުކޮށްފިއެވެ.
“އާސްކް މުޢިއްޒު”ގެ ނަމުގައި ބާއްވާ މި ޕްރޮގުރާމު ފަށާނީ މިރޭ 9:00 ގައެވެ.
ސަންގު ޓީވީން ބުނީ މި ޕްރޮގުރާމުގައި ބޭނުންވާ ކޮންމެ ސުވާލެއްވެސް ކުރެވޭނެ ކަމުގައެވެ.

މި ޕްރޮގުރާމުގައި ސުވާލުކުރަން ބޭނުންވާ މީހުންނަށް އެ ޕްރޮގުރާމަށް ނަން ނޯޓުކުރަން އެސްއެމްއެސް ކުރެވޭނެ ގޮތްވެސް ސަންގުންވަނީ އާންމުކޮށްފައެވެ. އެގޮތުން “SE” ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު askmuizzu ޖައްސަވައި ނަމާއި އުމުރާއި ރަށް ޖެއްސެވުމަށްފަހު ފޮނުއްވާނީ 3366 ނަންބަރަށެވެ.

ވަގުތު އޮތް މިންވަރަކުން މީހުންނަށް ސަންގު ޗެނަލުން ގުޅާނެކަމަށް އެ ޗެނަލުން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ