ދިނީ އިލްމުވެރިޔާ، އަލީ ޒައިދުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒަށް ތާއީދު ކުރެއްވުމަށް ނިންމައިފިއެވެ.
ޝެއިހު ޒައިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އޭނާގެ ތާއީދު އޮތީ ޑރ މުއިއްޒު އަށް ކުރާނެ ކަމަށާއި މިގޮތަށް ނިންމީ މިވަގުތު ޤައުމުގެ ވެރިކަމަށް އެންމެ މުނާސަބު ކެނޑިޑޭޓަކީ ޑރ މުޢިއްޒު ކަމުގައި ޤަބޫލުކުރެވޭތީ ކަމަށެވެ.
“ ދުޢާއަކީ ﷲ ތަޢާލާ ހެޔޮތައުފީޤު ދެއްވުން! އާމީން. و جزاكم الله خيرا “ ޒައިދު ވިދާޅުވިއެވެ.
https://x.com/alizaid1000/status/1699633681311428728?s=46&t=cIW0wMlGQhrk7id36HtP5A
ގިނަ ދީނީ އިލްމްވެރިންތަކެއް ގެންދަވަނީ މިހާރުވެސް ޑރ މުއިއްޒަށް ތާއީދު ކުރެއްވުމަށް ނިންމަވާ އެކަން ހާމަކުރައްވަމުންނެވެ.



