- Advertisement -ad image

ސަރުކާރުން ރާވާފައި އޮތީ ވަގު ފައިސާ ބަހާއިގެން ވޯޓު ގަންނަން: އަދުރޭ

ad image

ގުޅުންހުރި ލިޔުންތައް


ސަރުކާރުން ރާވާފައި އޮތީ ވަގު ފައިސާ ބަހާއިގެން ވޯޓު ގަންނަން ކަމަށާއި އެމަޅީގައި ރައްޔިތުން ނުޖެހުމަށް އިދިކޮޅުން ގޮވާލައިފިއެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން ހޮނިހިރު ދުވަހު ބާއްވާއިރު އަދުރޭ ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އެގޮތުން އަދުރޭ ވިދާޅުވީ އިންތިހާބަށްޓަކައި 20،000 އިން 30،000 ހުން ފައިސާ ބެހިޔަސް އެ ފައިސާ އަކީ ވޯޓުގެ ފަހުން ބޭނުންކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.
“ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއްމީ. ވަރަށް ނުބައި ލަނޑެއް ރައްޔިތުންނަަށް އެދެނީ. އެއީ ވަގު ފައިސާ ވަގު ނޫޓު އެބަހަނީ” އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ހޮނިހިރު ދުވަހު މިބޭއްވޭ އިންތިހާބަކީ މިއީ އިންތިހާބެއް ކަމަށް ނުދެކި މިއީ އަޅުގަނޑުމެންގެ ގައުމު އޮތުމާއި ނެތުމާއި ދެމެދު ކުރެވޭ ޖިހާދެއް ކަމަށް ދެކިގެން ގޮސް ވޯޓުލުމަށް އެދޭ ކަމަށެވެ.
އަދި މި ޖިހާދުގައި ކޮންމެ ދިވެހި ރައްޔިތަކު ބައިވެރިވާން އެބަޖެހޭ ކަމަށާއި ގައުމުގެ ދިފާއުގައި ދިވެހިން ނިކުންނަން ޖެހޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ