- Advertisement -ad image

މުއިއްޒު އެދިވަޑައިގަތީ މެންދުރު 12 ގެ ކުރިން ވޯޓުލާ ނިންމުމަށް!

ad image

ގުޅުންހުރި ލިޔުންތައް


ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެދުވަހުގެ މެންދުރު 12 ގެ ކުރިން ވޯޓު ލާ ނިންމުމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
މުއިއްޒު ވިދާޅުވީ ކޮންމެ އިންތިހާބެއްގައިވެސް ހަވީރު ހަތަރެއް ޖެހުމާ އެކު ވޯޓުލުމުގެ ވަގުތު އިތުރުކުރާ ކަމަށެވެ. ނަމަވެސް އެކަން ކުރަނީ ވޯޓު ލާން ދިޔަ މީހުން މަދުވި ކަމަށް ބުނެ ވޯޓަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، ހަވީރު ހަތަރެއް ޖެހުމާ އެކު ވަގުތު އިތުރުކޮށްގެން “ސަކަރާތް ޖަހަން” މިފަހަރު ފުރުސަތު ދީގެން ނުވާނެ އެވެ.
އަދި ވޯޓު ފޮށިތައް ކައިރީ ކަން ކަން ހިނގަމުންދާ ގޮތް ބެލުމަށް މޮނިޓަރުންގެ ކައިރިން މުއިއްޒު ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ