- Advertisement -ad image

އޮރެންޖެއް 10 ރުފިޔާ އާފަލެއް 8 ރުފިޔާއަށް!

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގެ ވެރިކަމާއި ހަވާލުވާނެ ރައީސުލްޖުމުހޫރިއްޔާއަކު އިންތިހާބު ކުރުމަށް ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލުން ފެށެން ކުޑަވަގުތުކޮޅަކަށްވީއެވެ.
މިވޭތުވެދާ ފަސް އަހަރު ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައް ވަނީ ބޮޑުތަނުން މައްޗަށް ގޮސްފައެވެ. ރާއްޖެއިން ބޭރުން އެތެރެ ކުރަންޖެހޭ އޮރެންޖަށް ބަލާއިރު މިވަގުތު ބާޒާރުގައި އޮރެންޖެއްގެ އަގު ހުރީ 10 ރުފިޔާއަށެވެ. މިއީ މީގެ ކުރިން ދުވަހަކުވެސް އަހަރުމެން އޮރެންޖެއް ގަތް އަގެއް ނޫނެވެ.


ރައީސް ސާލިހުގެ ސަރުކާރުން ޖީއެސްޓީ ބޮޑުކުރުމާއި ކޮތަޅުން ދެ ރުފިޔާ ނަގަން ނިންމި ނިންމުގެ ސަބަބުން މިއަދު ތަކެތީގެ އަގު ވަނީ އަތްނުފޯރާ ފަށުގައެވެ.
ރަތް އާފަލެއް މިއަދު ބާޒާރުން ލިބެންހުރީ 8 ރުފިޔާ އަށެވެ. ފެހި އާފަލެއް 12 ރުފިޔާއަށް ވެސް ބައެއް ފިހާރަތަކުން ވިއްކަމުންދާކަން ފާހަގަ ކުރެވުނެވެ.
މެންޑްރިން ކިލޯއެއް 60 ރުފިޔާއަށް ލިބެން ހުރިއިރު ވަކިން މެންޑްރިންއެއް ލިބެނީ 4 ރުފިޔާ އާއި 6 ރުފިޔާ ދެމެދު އަގެއްގައެވެ.
މިވޭތުވެދިޔަ ފަސް އަހަރަށް ބަލާއިރު ބާޒާރުގައި ތަކެތީގެ އަގަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ގޮސް އިންފްލޭޝަންވެސް ވަނީ އެހާ މަތިވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ