- Advertisement -ad image

ޑރ މުއިއްޒުގެ ކެމްޕެއިން ނިންމާލުން، ފެނުނީ އިސްލާހަށް ރައްޔިތުން ބޭނުންވެފައި ތިބި މިންވަރު!

ad image

ގުޅުންހުރި ލިޔުންތައް


އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން މިއަދު ނިންމާލައިފިއެވެ.
ހިނގާލުމަކުން ރިޔާސީ ކެމްޕެއިން ނިންމާލިއިރު މި ހިނގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ.
އަދި ރާއްޖެ މިނިވަންކޮށް ދިވެހީންގެ ރާއްޖެ ހޯދަން ޑރ މުއިއްޒު އާއެކު ތިބިކަން ހިނގާލުމުގެ ބައިވެރިން ދިޔައީ ހާމަކުރަމުންނެވެ.

މާދަމާގެ ވޯޓަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ކުރިމަތީގައި އޮތް ބޮޑު ޤައުމީ ވާޖިބެއް ކަމަށާއި، އެވާޖިބު ހެޔޮ ގޮތުގައި އަދާކޮށް މިސަރުކާރު ބަދަލުކުރައްވައި ފުރުސަތު ދެއްވައިފިނަމަ ދިވެހިންގެ މިނިވަންކަން ހިމާޔަތްކޮށްދޭނެ ކަމުގެ ޔަގީންކަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ދެއްވިއެވެ.

ރިޔާސީ ކެމްޕޭން ނިންމާލުމަށް އެތައްހާސް ބަޔަކާއިއެކު މިއަދު ހަވީރު މާލޭގެ މަގުތަކުގައި ބޭއްވި ބޮޑު ހިނގާލުމަށްފަހު އާރޓްފިޝަލް ބީޗުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މާދަމާ ދިވެހިން ލާ ވޯޓަކީ މިނިވަންކަމާިއ ގުޅިފައި އޮތް ވޯޓެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ