މާދަމާ އޮންނަ ރިޔާސީ އިންތިހާބާ ގުޅިގެން އައިޖީއެމް ހޮސްޕިޓަލް، އައިޖީއެމްއެޗް އެމަޖެންސީ ހާލަތައް ގެނެސްފި އެވެ.
އައިޖީއެމްއެޗްގެ ޑިރެކްޓާ އޮފް މެޑިކަލް ސާވިސަސް އެ ހޮސްޕިޓަލުގެ ހުރިހާ އިދާރާއަކަށް ފޮނުވި ނޯޓިސްގައި ވަނީ މާދަމާއައި އިންތިހާބާ ޖެހިގެން އަންނަ އާދިއްތަ ދުވަހު، ހޮސްޕިޓަލް އެމަޖެންސީ ސްޓޭންޑްބައިގައި ބޭއްވުމަށް އަންގާފަ އެވެ.
އަދި ދިމާވާ ހާލަތަކާ ގުޅިގެން އެމަޖެންސީގެ ލެވެލް މަތިކުރަން ޖެހިއްޖެ ނަމަ އެކަމަށް ތައްޔާރުވެ ތިބުމަށް ވެސް އަންގާފައިވެ އެވެ.
ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓުލުމާ ގުޅިގެން ޖެހިގެން އަންނަ އާދިއްތަ ދުވަސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވެސް ވަނީ ކަނޑައަޅާފަ އެވެ.