- Advertisement -ad image

ސްޓެލްކޯ ލޯންޗެއްގައި މެންބަރު ޓޮމް ރަހީނުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު ސްޓެލްކޯ ލޯންޗެއްގައި ރަހީނުކޮށް ކަނޑުމައްޗަށް ގެންގޮސްފިއެވެ.
މަހިބަދޫއަށް ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ކައިރިކުރި ކަމަށް ބެލެވޭ ލޯންޗަށް އަރާ ސަލާންގޮވުމަށްފަހު ޓޮމް އަރާވަޑައިގަތުމުން ލޯންޗުގެ ވާ މޮހާލައި ބަނދަރުން ބޭރަށް ޓޮމް ގޮވައިގެން ލޯންޗު ގޮސްފައިވާކަން ހާމަކުރެއްވީ ޕީޕީއެމްގެ ނައިބުރައީސް، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމެވެ.

ޝިޔާމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސްޓެލްކޯ ލޯންޗަށް ޓޮމް އަރާވަޑައިގަތުމުން އޭނާ ގޮވައިގެން މަހިބަދޫ ބަނދަރުން ބޭރުވެ، އޭނާ ރަހީނުކޮށްފައިވާ ކަމަށެވެ.

https://x.com/shiyamaldives/status/1700225520997380465?s=46&t=cIW0wMlGQhrk7id36HtP5A

ޕީޕީއެމުން ބުނީ މިމައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. ސްޓެލްކޯގެ ލޯންޗްތައް މިރޭ ރާއްޖޭގެ އެކި ރަށްތަކަށް ފައިސާ ހިފައިގެންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ