- Advertisement -ad image

ވޯޓުގެ ކަންކަން ނުނިމޭތީ މާދާމާ ވެސް ސަރުކާރު ބަންދު

ad image

ގުޅުންހުރި ލިޔުންތައް


ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓުގެ މަސައްކަތްތައް ނުނިމޭތީ މާދަމާ އަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން ނެރުނު ދެންނެވުމެއްގައި ބުނީ 2023 ސެޕްޓެމްބަރު 11 ވާ ހޯމަ ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއް ކަމަށެވެ. އަދި މިގޮތަށް ހަމަޖެއްސެވީ ސެޕްޓެމްބަރު 9 ވީ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ހަރަކާތްތެރިވި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާއްމު ރައްޔިތުން ވޯޓާއި ގުޅިގެން ކުރަން ޖެހުނު އެންމެހައި މަސައްކަތްތައް އަދި ނުނިމޭތީ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައިވާތީ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ