- Advertisement -ad image

އަޅުގަނޑު ދިއްކުރާ ރަހުމަތްތެރިކަމުގެ އަތުގައި ހުރިހާ ސިޔާސީ ވެރިން ހިތްޕަވާ: މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ބަލިވި ސިޔާސީ ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ދިއްކުރާ ރަހުމަތްތެރި ކަމުގެ ސިޔާސީ އަތުގައި ހިތްޕެވުމަށް ބޮޑު އަގުލަބިއްޔަތުން ދެވަނަ ބުރަށް ދަތުރުކުރި އިދިކޮޅު ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ސިޔާސީ ޕާޓީތަކަށް މުއިއްޒު، އާންމު ދައުވަތެއް ފޮނުއްވާފައި މިވަނީ ހޮނިހިރު ދުވަހު ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި އޭނާއަށް ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީއަށް ފަހު ތާއީދުކުރާ ފަރާތްތަކަށް ޝުކުރު އަދާކުރުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުންނެވެ.


“އަޅުގަނޑު މިދިއްކޮށްލީ ރަހްމަތްތެރިކަމުގެ އަތެއް. ގައުމު ދެކެ ލޯބިވާ ކޮންމެ މީހަކު ކޮންމެ ޕާޓީއެއް އަޅުގަނޑުމެންނާ އެކު ވަޑައިގަންނަވާ،” މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އޭނާ ހުންނެވީ ގައުމީ މަސައްކަތަކަށް ނިކުމެވަޑައިގެން ކަމަށާއި އެ މަސައްކަތް މިމަހުގެ 30 ވަނަ ދުވަހު ނިންމުމަށް އިއްޔެގެ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކުން އޭނާ ދިއްކޮށްލެއްވި އަތުގައި ހިފުމަށް އެދޭ ކަމަށެވެ.

ޑރ.މުޢިއްޒު އިތުރަށް ވިދާޅުވީ އެމަނިކުފާނު ދެއްވާ ޔަގީންކަމަކީ ޤައުމީ ވިސްނުން އިސްކޮށް، ޤައުމީ ބަހާތަކަށް އިހުތިރާމުކޮށް، ޤައުމީ ތަރައްޤީގެ އަސާސްތަކާމެދު އެއްބަސްވެވަޑައިގަންނަވާ ހުރިހާ ލީޑަރުންނާއި އެ ބޭފުޅުންގެ ޕާޓީތަކާއެކު ކުރިއަށް ވަޑައިގެން އެކީގައި މަސައްކަތްކުރެއްވޭނެ ކަމުގެ ޔަގީންކަން ކަމަށެވެ.

ރަށްރަށުގައި ތިއްބެވި ރައްޔިތުންނަށް ޑރ.މުޢިއްޒު ދެއްވި މެސެޖަކީ އެ ބޭފުޅުން ނިސްބަތްވެވަޑައިގަންނަވާ ޕާޓީތަކަށްވުރެ ޤައުމު އިސްކުރައްވަންވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ އުންމީދަކީ ހުރިހާ ދިވެހިންނަކީ ޤައުމު އިސްކޮށް މިހާރު ޤައުމަށް ކުރިމަތިވެފައި އޮތް ނާމާންކަމުން ސަލާމަތްވުމަށް އެކައްޗެއް ކިޔާނެ ބައެއްކަމަށްވާނެ ކަމުގަައިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ