- Advertisement -ad image

ގައުމުދެކެ ލޯބިވާ ރައްޔިތުން ގައުމު ސަލާމަތްކުރަން ނުކުންނާނެ: މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


މިޤައުމުގެ ރައްޔިތުންނަކީ ކިޔަވައިގެން ތިބި ތަންދޮރު ފިލާ އަދި ހޭލާތިބި ބައެއް ކަމަށާ ޤައުމުދެކެ ލޯބިވާ ރައްޔިތުން ޤައުމު ސަލާމަތްކުރަން ނުކުންނާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާފަންނު ހުޅަނގު ދާއިރާގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް އޮޅުވާލަން މި ސަރުކާރުން މަސައްކަތްކުރިޔަސް އެއީ ނުވާނެ ކަމެއް ކަމަށެވެ.


އަދި ބޭރު ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބުން އެއީ ދޮގު ވާހަކައެއްކަން ސާބިތުކުރަން އުޅުމުންވެސް އޭގެ ހަޤީގަތް ރައްޔިތުންނަށް ހާމަވަމުންދާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށްޓަކައި އިދިކޮޅު ކޯލިޝަނުގެ ބަދަހި ޓީމް އޮތީ ނުކުމެ ކަމަށެވެ. އަދި ހާރިޖީ ގުޅުންތައް އެހެން ޤައުމުތަކާއެކު ބަދަހި ކުރިނަމަވެސް އިސްކަންދޭނީ ޤައުމުގެ މިނިވަންކަމަށްކަން މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ދިވެހިން ދިވެހިވަންތަކަން އިސްކޮށް ޤައުމުގެ މިނިވަންކަމާއި ދަރިންގެ މުސްތަޤުބަލަށްޓަކައި މާތްވި އިސްލާމްދީނަށްޓަކައި އެންމެން އަތްގުޅާލާ ނުކުންނަން މުއިއްޒު ގޮވާލެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ދިވެހި ރައްޔިތުންގެ ތެރޭގައި ޣަދަރުވެރިން ތިބިނަމަވެސް ގައުމުދެކެ އަދި މާތްވެގެންވާ އިސްލާމްދީން ދެކެ ލޯބިވާ ރައްޔިތުން އެބަތިބިކަން ނިމިދިޔަ ވޯޓުގެ ނަތީޖާއިން އެނގިގެން ގޮއްސި. ދެވަނަ ބުރުގެ ވޯޓަކީ ދިވެހި ގައުމު ސަލާމަތް ކުރަން ދިވެހިންނަށް ލިބޭނެ އެއްމެ ފަހު ފުރުޞަތެވެ. މިފުރުޞަތު ގެއްލިއްޖެ ނަމަ ދެން އަބަދަށްވެސް ތިބެން ޖެހޭނީ ބޭރުބައެއްގެ އަޅުވެތިކަމުގެ ތެރޭގައެވެ. ވީމާ ޣަދަރުވެރިންގެ އަތުން ބާރު ލުހެލަން ވިސްނުންތެރިކަމާއެކު ވޯޓު ދެއްވުން މުހިއްމެވެ. އެއްމެ ބޮޑީ އިސްލާމްދީނާއި ގައުމެވެ……!!!

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ