- Advertisement -ad image

އެމްއެންޕީން ނިންމީ ޑރ މުއިއްޒަށް ތާއީދު ކުރަން

ad image

ގުޅުންހުރި ލިޔުންތައް


ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ން އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދު ކުރަަން އެ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީން ނިންމައިފިއެވެ.
މިގޮތަށް ނިންމީ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ ކައުންސިލްގެ ބައްދަލުވުމުގައެވެ.
މިގޮތުން އެ ބައްދަލުވުމުގައި ބައިވެރިވި 51 މެންބަރުންގެ ތެރެއިން 35 މެންބަރަކު ވަނީ ޕީޕީއެމް ޕީއެންސީއާއެކު ކޯލިޝަން ހަދަން ވޯޓު ދީފައެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހަދަން އެއްވެސް މެންބަރަކު ވޯޓު ދީފައިނުވާއިރު، އެއްވެސް ބަޔަކާ ކޯލިޝަން ނަހަދަން ހަ މެންބަރަކު ވޯޓު ދީފައި ވެއެވެ. އަދި އެއްވެސް ކޮޅަކަށް ވޯޓު ނުދޭ 10 މެންބަރަކު ތިއްބެވެ.

އެ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީން މިގޮތަށް ނިންމިއިރު، މީގެ ކުރިން އެ ކޮމެޓީން ވަނީ އެޕާޓީއަކީ ސަރުކާރާއި ދެކޮޅު ޕާޓީއެއް ކަމަށް ނިންމާފައެވެ.
އެމްއެންޕީގެ ތަރުޖަމާން ޝިދާތާ ޝަރީފް ވިދާޅުވީ، ރޭ ބޭއްވި އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ މެޖޯރިޓީ ވިސްނުމަކީ ޕީޕީއެމް/ޕީއެންސީއާއެކު މަޝްވަރާ ކުރުމާއެކު ކުރިއަށްދިއުން ކަމަށްވާތީ، އެމްއެންޕީގެ ލީޑަރޝިޕުން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެމްއެންޕީން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވިއިރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް ލިބިފައި ވަނީ 1،794 ވޯޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ