- Advertisement -ad image

ދެވަނަ ބުރުގެ ވޯޓުލުން ހެނދުނު 8:00 އިން ހަވީރު 17:00 އަށް!

ad image

ގުޅުންހުރި ލިޔުންތައް


ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އެދުވަހުގެ ހެނދުނު 8:00 އިން ހަވީރު 17:00 ޖަހަންދެން ކުރިއަށް ގެންދަން ވަގުތަށް ބަދަލު ގެނެސްފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ވޯޓުލުން ބަންދުކުރާ ގަޑިއަށް ބަދަލު ގެނައީ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގެ ލަފާގެ މަތިންކަމަށެވެ. އެގޮތަށް ބަދަލު ގެނައީ މިފަހަރުގެ އިންތިޚާބުގައި ވޯޓުލީ މީހުންގެ ޢަދަދު މަދުވުމުން، ވީހާވެސް ގިނަ ބަޔަކަށް ފުރުޞަތު ދިނުމުގެ ގޮތުންކަމަށް ހަބީބު ވިދާޅުވިއެވެ.
މީގެ ކުރީގެ އިންތިޚަބުތަކުގައާއި، ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ އިންތިޚާބުގައިވެސް ވޯޓުލުން ކުރިއަށް ގެންދިޔައީ ހެންދުނު 08:00އިން ހަވީރު 16:00އާއި ހަމައަށެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 16:00ގައި ވޯޓުލުން ބަންދުކޮށް، ވޯޓުލުމަށް ވަގުތު އިތުރުކޮށްފައެއް ނުވެއެވެ. އެކޮމިޝަނުން އެކަންވަނީ ދުރާލާ އަންގާފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބާއްވަން ނިންމާފައިވަނީ ސެޕްޓެމްބަރު 30 ވާ ހޮނިހިރު ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ