- Advertisement -ad image

ޔުނީފޯމް ނޭޅިއަސް ބަދިގޭގައި ތަށި ދޮންނަން ވިއަސް އެހެން ގައުމެއްގެ ސިފައިން މިގައުމުގައި ތިބޭކަށް ނުޖެހޭނެ: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ޔުނީފޯމް ނޭޅިއަސް ބަދިގޭގައި ތަށި ދޮންނަން ވިއަސް އެހެން ގައުމެއްގެ ސިފައިން މިގައުމުގައި ތިބެން ނުޖެހޭނެ ކަމަށާއި މި ސުވާލަށް ސަރުކާރުން ޖަވާބުދެއްވުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ހުޅުމާލެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ އޭނާގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރާނީ ދިވެހިންގެ ބާރުތަކަށް ބާރު ނުފޯރުވާނެ ގައުމުތަކަށް ކަމަށެވެ.
އަދި ތަރައްގީގެ ނަމުގައި މިނިވަން ކަމަށް ބުރޫ އަރާ އެއްވެސް ކަމަކަށް އޭނާގެ ވެރިކަމެއްގައި ޖާގަ ނުދޭނެ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.
ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަނީ ރައްޔިތުންނަށް ހަގީގީ ތަރައްގީ ގެނެސްދޭނެ ކަމަށާއި އެހެންކަމުން މިސަރުކާރުންވެސް ފަށާފައިހުރި ރައްޔިތުންނަށް ލާބަ ކުރާނެ އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ