- Advertisement -ad image

ޑރ މުއިއްޒުގެ ވެރިކަމެއްގައި ހިޔާ ފްލެޓް ނިންމަން ދިޔަ ހަރަދުވެސް ދޭނެ!

ad image

ގުޅުންހުރި ލިޔުންތައް


ހުޅުމާލެ ފޭސް ދެއެއްގައި ހަދާފައި ހުރި ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ފްލެޓްވެރިޔާ އަތުން ދިޔަ ހަރަދު އަނބުރާ ދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން ދިން ފްލެޓުތަކުގެ ފިނިޝިން ނުނިންމާ ސާލިހުގެ ސަރުކާރުން ހަވާލު ކުރުމުން އާންމުން އުފުލަން ޖެހުނު ތަކުލީފު ކުޑަކުރުމަށް, އެކަމަށް ދިޔަ ހަރަދު ފޫބައްދަން ކޮންމެ ފްލެޓު ވެރިއަކަށް 2 ލައްކަ ރުފިޔާ ދެއްވާނެ ކަމަށެވެ.
އަދި އެވަރެޖްކޮށް ފްލެޓުތަކުގެ ފިނިޝިންއަށް ދިޔަ ހަރަދު ބަލާފައި, އާބަންކޯއިން ޒިންމާވާގޮތަށް ކޮންމެ ފްލެޓުވެރިއަކަށް އެ ފައިސާ ދައްކާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
“ މިހާރު ހަދާފައިވާ ހިސާބުތަކަށް ބަލާއިރު އާންމުކޮށް އެކަމަށް ހަރަދުވެފައި ހުރީ 2 ލައްކައެއްހާ ރުފިޔާ “ މުއިއްޒު ވިދާޅުވިއެވެ.

“ އެތަންތަން ނިންމަންދާ ފިނިޝިން ލޯނު، ފިނިޝް ކުރުމަށްދާ 46 މިލިޔަން ޑޮލަރުގެ ލޯނު ވެސް އޮތީ އެޗްޑީސީން ނަގާގޮތަށް ހުރިހާ ކަމެއް ނިންމާފައި. ފައިސާ ހަމަޖެހިފައި. އެހެންވީމަ އެ ލޯނުގެ ބޭނުންކޮށްގެން ކޮންމެ ފްލެޓެއް ލިބުނު ފަރާތަކަށް ދޭނެ ފިނިޝިންގެ ފަސް އޮޕްޝަން. އެ ޕްޝަންތަކުން ފްލެޓް ހަދަން ދާނެ ހަރަދު ދޭން ނިންމާފައި ރައީސް ޔާމީނުގެ ސަރުކާރުން އޮތީ. ދެން މި ސަރުކާރުން އައިސް އެ ލޯނުވެސް ދޫކޮށްލީ “ ޑރ މުއިއްޒު ވިދާޅުވިއެވެ.
ހިޔާ މަޝްރޫއު ރައީސް ޔާމީނުގެ ސަރުކާރުގައި ރާވާފައި އޮތީ ފިނިޝިންއާއި އެކު ދޭ ގޮތަށެވެ. އެހެން ނަމަވެސް ރައީސް ސާލިހުގެ ސަރުކާރުން ވަނީ އެ ފްލެޓުތަކުގެ ފިނިޝިން ނުނިންމާ ރައްޔިތުންނަށް އުނދަގޫވާނެ ގޮތަށް ފްލެޓުތައް ހަވާލުކޮށްފައެވެ. އެހެންވެ ހުރިހާ ފްލެޓްވެރިންވެސް އެކަން ކުރަން ޖެހުނީ އަމިއްލައަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. މީވަރައްގޮތެއްފޮތެއްނެތް ސަރުކާރެއް އެމީހުންދެކެނީ ރައްޔިތުންނާނުލާ އެމީހުންނައް ސަރުކާރު ހިންގޭނެކަމައް ހިޔާފްލެޓްތަކުގަ ދިރިއުޅޭ 32 ނުވަތަ 33 ހާސްމީހުން ތިބޭގޮތަކައް މެޖޯރިޓީ ރައްޔިތުންތިބާނީ އިބްރާހިމް މުހައްމަދު ސޯލިހައް މިހާރުއެގޭނެ އޭނަބޭނުންގޮތެއްހަދަން ރައްޔިތުން ރުލިގެންނުތިބޭނެކަން އަދިދެވަނަޔައް ވޯޓްއަޅާދުވަހު އެކަންމާރަގަޅައްއެގިގެންދާނެ އިންޝާﷲ

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ