- Advertisement -ad image

ޑރ މުއިއްޒުގެ އަގުވައްޓާލުމަށް ސަރުކާރުން ދޮގު ވާހަކަތައް ފަތުރަނީ!

ad image

ގުޅުންހުރި ލިޔުންތައް


އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ނަމުގައި ދައުރުކުރަމުންދާ ބަޔާނަކީ އަސްލުބަޔާނެއް ނޫން ކަމަށާއި އެކަން ހަރުކަށި ޢިބާރާތުން ޕީޕީއެމުން ކުށްވެރިކޮށްފިއެވެ.
ޕީޕީއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިއީ ރިޔާސީ އިންތިޚާބުން ބަލިވާނެކަން ކަށަވަރުވުމުން ރައްޔިތުންގެ ހިތްތަކުގައި ޚާއްސަކޮށް އެ ކޯލިޝަނަށް ތާއީދުކުރާ މީހުންގެ ހިތްތަކުގައި ޝައްކު އުފައްދާ އޮޅުވާލުމަށް ހިންގާފައިވާ ވަރަށް ނާތަހުޒީބު ފިނޑި ޢަމަލެއް ކަމަށެވެ.
“ ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި އެންމެ ފުރަތަމަވެސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާނެ ކަމަކީ ޤާނޫނީ ހަމަތަކުގެ މަތިން ރައީސް ޔާމީން މިނިވަންކުރުން” ޕީޕީއެމްގެ ބަޔާން
އެ ބަޔާނުގައި އިތުރަށް ބުނީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޢިއްޒުގެ އަގުވައްޓާލުމަށް ބަޔަކު ރާވައިގެން ހިންގާފައިވާ މި ދަށު ދަރަޖައިގެ ޢަމަލު ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ