- Advertisement -ad image

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި މުއިއްޒު އއ އަދި އދ އަތޮޅުގެ ރަށްތަކަށް!

ad image

ގުޅުންހުރި ލިޔުންތައް


މިމަހު 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކެމްޕެއިން ކުރެއްވުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅާއި އދ. އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ދަތުރުފުޅު ފައްޓަވައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ކެންޑިޑޭޓު މުއިއްޒު މިއަދު 9 ރަށަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެއެވެ.
އެއީ އއ. އަތޮޅުގައި ހިމެނޭ ދެ ރަށަކަށާއި އދ. އަތޮޅުގައި ހިމެނޭ ހަތް ރަށަކަށެވެ. މި ރަށްތަކަށް ވަޑައިގެން ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންނާ މުއިއްޒު ބައްދަލުކުރައްވާނެއެވެ. މުއިއްޒު ވަނީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް 100 އާ ގާތް ކުރާ އަދަދަކަށް ރަށްތަކަށް ވަޑައިގެން ކެމްޕެއިން ކުރައްވައިފައެވެ.

އަދި މުއިއްޒުގެ ރަނިންމޭޓު، އަދި މަޖިލިހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވެސް ވަނީ ވަރަށް ގިނަ ރަށްރަށަށް ވަޑައިގެންފައެވެ.
މުއިއްޒު ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަށްތައް:

އއ. ބޮޑުފޮޅުދޫ
އއ. ފެރިދޫ
އދ. ހަންޏާމީދޫ
އދ. އޮމަދޫ
އދ. ކުނބުރުދޫ
އދ. ދަނގެތި
އދ. ދިގުރަށް
އދ. މަންދޫ
އދ. ފެންފުށި

މުއިއްޒާ އެކުގައި މި ދަތުރުގައި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުހައްމަދު ނާޒިމާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އާއި ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ބައިވެރިވެވަޑައިގަންނަވައެވެ. މި ޓީމު މި 9 ރަށަށް ވަޑައިގަތުމަށް ފަހު، މިރޭ މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ