- Advertisement -ad image

އަޅުގަނޑުމެންނަށް ތަރައްގީގެ ނަމަކީ ހަމަހަމަކަން: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


އަޅުގަނޑުމެންނަށް ތަރައްގީގެ ނަމަކީ ހަމަހަމަކަން ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ކައުންސިލްތައް ވެގެންދާނީ ބާރު ސްޕީޑުގައި ހިނގާ ތަންތަނަށް ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިނުގައި އއ ފެރިދޫ އަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ، ފެރިދޫގެ ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމަށާއި ތައުލީމީ ނިޒާމު ހަރުދަނާކޮށް ފެރިދޫގައި އޭލެވެލް ފެށުމަށް ކުރަންޖެހޭ ކަންކަން ފަހިކޮށްދޭނެ ކަމަށެވެ.
އަދި ފެރިދޫގައި ޒަމާނީ ފެންވަރުގެ ޔޫތު ސެންޓަރެއް ގާއިމުކޮށްދޭނެ ކަމަށާއި ފެރިދޫގެ ރައްޔިތުންގެ ހުރި އުއްމީދު ތަކުގައި ކުލަޖައްސައިދޭނެ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.
ފެރިދޫގައި ޒަމާނީ ފެންވަރުގެ މިސްކިތެއް ގާއިމުކޮށްދޭންވެސް ޑރ މުއިއްޒު ވައުދުވެވަޑައިގަތެވެ.
“ ފެރިދޫގައި ސިއްހީ ނިޒާމު ހަރުދަނާކޮށް ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ދެވޭނެ މަގު ފަހިކޮށްދޭނަން “ ޑރ މުއިއްޒު
މުއިއްޒު ވިދާޅުވި ގޮތުގައި ރާއްޖޭގެ ތަރައްގީ އާ ގުޅިފައިވާ ހުރިހާ ކަމެއް އެއްވެސް ތަފާތު ކުރުމެއް ނެތި ކުރިއަށް ގެންދެވޭނެއެވެ. ހާއްސަކޮށް ޓޫރިޒަމް ސިނާއަތަކީ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާއަތަށްވާ އިރު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯއްދަވައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ