- Advertisement -ad image

ކުރިއަށް އޮތީ ގައުމުގެ ހާލަތު ރަނގަޅު ކުރުމާ މެދުގައި ގޮތް ނިންމާ ބުރު: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކީ ގައުމުގެ ހާލަތު ރަނގަޅު ކުރުމާ މެދުގައި ގޮތް ނިންމާ ބުރެއް ކަމަށާއި އެހެންވެ، ދިވެހިންގެ ރާއްޖެ އަށް ދިއުމުގެ އަޒުމްގައި ކޮންމެ މީހަކު އިތުރު އެއް ވޯޓު ހޯދައިގެން އިންތިހާބު ކާމިޔާބު ކުރަން ގަދަ އަޅައި މަސައްކަތް ކުރަން ޖެހޭ ކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އއ. އަދި އދ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުގައި މިއަދު ދަގެއްޗަށް ވަޑައިގެން ޑރ މުއިއްޒު ވިދާޅުވީ މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓަކީ ރާއްޖޭގެ މުސްތަގްބަލް ކަނޑައަޅާ ބުރު ކަމަށެވެ.
އަދި ކުރިއަށް ދާންވީ ގައުމީ ވިސްނުމެއްގައި ގައުމު އިސްކޮށްގެން ދިވެއްސަކަށްވީތީ ގައުމީ ވާޖިބެއްގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ރާއްޖޭގެ މިނިވަންކަން މިހާރު އޮތީ ގެއްލޭ ހިސާބަށް ގޮސްފައެވެ. އަދި އަމިއްލަވަންތަކަން ވެސް އޮތީ ގެއްލޭ ހިސާބަށް ގޮސްފައި ކަމަށް ވިދާޅުވިއެވެ.

“ތަރައްގީގެ ކަންކަން މިއޮތީ ސޮއްސާލައިގެން ގޮސްފައި. އިގްތިސާދު މިވަނީ އަނދަވަޅަކަށް ވެއްޓިފައި. އިޖުތިމާއީ ހާލަތު މިވަނީ ވަރަށް ބޮޑަށް ގޯސްވެފައި. އެހެންވީމަ މި ހުރިހާ ކަމެއް ރަނގަޅު ކުރުމުގެ ފުރުސަތު އަޅުގަނޑުމެން ކޮންމެ މީހެއްގެ މައްޗަށް މި ލިބެނީ،” މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ