- Advertisement -ad image

ތެލެސީމިއާ ކުދިންނަށް ފަރުވާދެވޭނެ އެންމެ ފުރިހަމަ ޚިދްމަތްދޭ ސެންޓަރެއް ހުޅުމާލޭގައި ޤާއިމްކުރާނަން: މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ތެލެސީމިއާ ކުދިންނަށް ފަރުވާދެވޭނެ އެންމެ ފެންވަރު ރަނގަޅު އެންމެ ފުރިހަމަ ޚިދްމަތްދޭ ސެންޓަރެއް މާލޭ ސިޓީގެ ހުޅުމާލޭގައި ޤާއިމްކޮށްދޭން ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
އދ މަހިބަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، ޑައިލެސިސް ހަދަމުންދާ ފަރާތްތަކަށް މާލޭގައި މިހާރު ޑައިލެސިސް ހެދުމަށް ބޭނުން ކުރާތަން ބަދަލުކޮށް އެންމެ ޒަމާނީ ފެންވަރުގެ ޑައިލެސިސް ސެންޓަރެއް މާލޭގައި ގާއިމް ކޮށްދިނުމުގެ އިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެފެންވަރުގެ ސެންޓަރުތައް ގާއިމް ކޮށްދޭނެ ކަމަށެވެ.
ރާއްޖޭގައި ސިއްހީ ނިޒާމަށް ހަރަދުކުރުމުގައި އަބަދުވެސް ބަލަނީ ބަލިވީމަ ކުރަންޖެހޭ ކަންކަމަށް ކަމަށާއި އޭގެ ކުރިން ޕްރިވެންޓިވް ކެއާއަކަށް މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށެވެ. ފަބްލިކް ހެލްތް ސާވިސް އަދި ބަލިވުމުގެ ކުރިން ކުރަންޖެހޭ ކަންކަމަށް ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަދި އޭރުން ލައިފް ސްޓައިލް ރަނގަޅަށް ބިނާކުރެވިގެންދާނެ ކަމަށާއި ބަލިވުމުގެ ކުރިން ކުރަންޖެހޭ ކަންކަންކުރުމުން ބަލިތައް މަދުވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންކަމުން އެކަމަށް ވަރަށް ހާއްސަކޮށް ބަޖެޓް ކަނޑައަޅައިގެން މީހުން ތަމްރީން ކުރުމާއި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ބައިވަރު ކަންތައްތައް ކުރާނެ ކަމަށް ވިދާޅުވިއެވެ.
އަދި ޑައިބެޓިކްސް ރާއްޖޭގައި ވަރަށް ގިނަ ކަމަށާއި ޑައިބެޓިކްސްގެ ހުރިހާ ބަލިތަކަށް ބޭނުންވާ ފަރުވާ ލިބޭނެ ވަސީލަތްތަކާއެކު ފުރިހަމަ ނިޒާމެއް ގާއިމް ކުރާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ