- Advertisement -ad image

ނޮޅިވަރަންފަރު ސްކޫލުގައި ޤުރުޢާން މުދައްރިސެއްނެތި 6 ހަފްތާ!

ad image

ގުޅުންހުރި ލިޔުންތައް


ދިރާސީ އާއަހަރު ފެށިގެން މި ވޭތުވެދިޔަ 6 ހަފްތާގައި ނޮޅިވަރަންފަރު ސްކޫލް ގްރޭޑް 7ން ފެށިގެން މަތީ ގްރޭޑް ތަކަށް ޤްރުޢާންގަޑިތައް ނަގައި ނުދޭކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
ހިރާސްއަށް މައުލޫމާތު ދިން އެ ސްކޫލުގެ ބެލެނިވެރިއަކު ބުނީ ގްރޭޑް 7 ކުން ފެށިގެން މަތީ ކުލާސް ތަކުގެ ޤްރުޢާންގަޑި ދަނީ ހުސްކޮށް ކަމަށާއި މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
“ 7،8،9 އަދި 10ގެ ގުރުއާން ގަޑިތައް ގިނަ ދުވަސްތަކުގައި ދަނީ ހުސްކޮށް. ކީއްކުރާނީ. މިނިސްޓަރ އުޅުއްވަނީ ކެންޕެއިންގައި” ބެލެނިވެރިއަކު ބުންޏެވެ.
އެހެން ބެލެނިވެރިއަކު ބުނިގޮތުގައި ސްކޫލުގައި ވަރަަށް ގިނަ މައްސަލަތައް އެބަހުރި ނަމަވެސް ސަރުކާރުން އެކަންކަން ހައްލުކޮށްދޭން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށެވެ.
މިކަމާ ގުޅިގެން ނޮޅިވަރަންފަރު ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވީ ސްކޫލްގައި މިވަގުތު ހުރީ އެންމެ ގުރުއާން ޓީޗަރެއް ކަމަށެވެ. އެހެންކަމުން ނިމުނު ހަފުތާގައި ވަރަށް ގިނަ ކްލާސްތައް ނަގައިނުދެވި ދިޔައީ ކަމަށެވެ.
“ އަޅުގަނޑުމެންނަށް ގުރުއާން ޓީޗަރަކު ނުލިބުނު 3 ފަހަރަށް އިއުލާނުކޮށްގެންވެސް. އެކަމަކު މި ފެށޭ ހަފުތާގެ ގުރުއާން ގަޑިތައް މިހާރަށްވުރެ ރަނގަޅަށް ނަގައިދެވެން ފެށޭނެ ކަމަށް ގަބޫލުކުރެވޭ. ނަމަވެސް ޓީޗަރެއް ހަމަޖެހޭނެ ވަކި ދުވަހެއް އަދި ދަންނަވަން ދަތި “ ޕްރިންސިޕަލް ވިދާޅުވިއެވެ.
ދިރާސީ އަހަރު ފެށިގެން އަދިވެސް ސްކޫލްތަކުގައި ޓީޗަރުން ހަމައަށް ނެތުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ