- Advertisement -ad image

ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ބޮޑުކޮށްދޭނަން: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ދިވެހި ސިފައިންނާއި ފުލުހުންގެ މުސާރަ މިހާރު ހުރިވަރަށްވުރެ ދެގުނަ ބޮޑުކޮށްދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
މިރޭ ކުރިއަށް ގެންދިޔަ މަވެސް ޕީޕީއެމް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ މިގައުމުގެ ފަހުރަކީ ސިފައިންނާއި ފުލުހުން ކަމަށާއި އެ މުއައްސަސާގެ ހުރިހާ ބޭފުޅުންނަކީ އަބުރުވެރި ދިރިއުޅުމެއް އުޅޭ ބައެއް ކަމުގައި ހައްދަވާދެއްވާނެ ކަމަށެވެ.
“ ކުޅޭ ކުޅޭ ބޯޅައެއްހެން ޖަހަން ގެންގުޅޭ ތަނަކަށް ސިފައިންގެ އާއި ފުލުހުން ހެދިޔަކަ ނުދޭނަން “ މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ސިފައިންނާއި ފުލުހުންގެ ފްލެޓްތަކަށް އަގުދެއްކުން އަހަރެއް ލަސްކޮށްދޭނެ ކަމަށެވެ.
އަދި ކުއްޔަށް ދައްކަން ޖެހޭ އަދަދުވެސް ބަހާލައިގެން ދެއްކޭ ގޮތެއްވެސް ހަދައިދޭނެ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ