- Advertisement -ad image

ޔަގީނުންވެސް ރޫޅާލައިފި، އެމްޑީޕީ އާއި ޖޭޕީގެ ގިނަ ބަޔަކު ޕީޕީއެމާއި ގުޅިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ވެރިކަން ކުރާ އެމްޑީޕީ އަދި ޖުމުހޫރީ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވި ގިނަ މެންބަރުންތަކެއް މިރޭ ޕީޕީއެމް އާއި ގުޅިއްޖެއެވެ.
މިރޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި “މަވެސް ޕީޕީއެމް” ޖަލްސާގައި ވަނީ 300 އަށް ވުރެ ގިނަ އައު މެންބަރުން ޕީޕީއެމް އާއި ގުޅިފައެވެ.
އެގޮތުން ޖުމުހޫރީ ޕާޓީގެ ޔޫތު ގުރޫޕުގެ ގިނަ ޒުވާނުން 100 އަށްވުރެ ގިނަ ފޯމާއެކު ޕީޕީއެމް އާއި ގުޅިފައިވެއެވެ.


އަދި ސަރުކާރުގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ލުބުނާ ޒާހިރު ވެސް މިރޭ ޕީޕީއެމް އާއި ގުޅިފައިވެއެވެ.


މީގެއިތުރުންވެސް 19 އަހަރު ދައުލަތަށް ހިދުމަތް ކުރައްވާފައިވާ މުހައްމަދު ޖަލީލުގެ އިތުރުން ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޒު މުމްތާޒު ވެސް ވަނީ ޕީޕީއެމް އާއި ގުޅިވަޑައިގެންފައެވެ.


ސެޕްޓެމްބަރު 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އިދިކޮޅު ކެންޑިޑޭޓު ޑރ މުއިއްޒުއަށް ވަނީ 46 އިންސައްތަ ލިބިވަޑައިގެންފައެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މިމަހުގެ 30 ވަނަ ދުވަހު އޮންނަ އިރު އިދިކޮޅުން ދަނީ ވަރަށް ފޯރީގައި ކެމްޕެއިން ކުރައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ