- Advertisement -ad image

ނުކުރެވޭ، ނުފުއްދޭނެ ވަރުގެ ހަމަ އެންމެ ވައުދެއްވެސް ނުވާނަން: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ނިޔަތުގައި ވިއަސް ނުކުރެވޭ އަދި ނުފުއްދޭނެ ވަރުގެ ހަމަ އެންމެ ވައުދެއްވެސް ނުވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ހއ އަދި ހދ ގެ ބައެއް ރަށްތަކަށް މިއަދު ޑރ މުއިއްޒުއާއި ޓީމުން ވަނީ ވަޑައިގެންފައެވެ. ބައެއް ރަށްތަކަށް ވަޑައިގެން މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް މިހާތަނަށް ގިނަ ވައުދުތައް ވެވިއްޖެ ކަމަށާއި އޭނައަށް ނުފުއްދޭ އަދި ނުކުރެވޭ އެއްވެސް ވައުދެއް ނުވާނެ ކަމަށެވެ.


އަދި ރައްޔިތުން ފުރުުސަތު ދެއްވައިފިނަމަ ރައްޔިތުންނަށް ވެފައިވާ ހުރިހާ ވައުދުތައް ރައްޔިތުން ހިތްހަމަޖެހޭގޮތަށް ފުރިހަމަކޮށްދޭނެ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އިން ފުއްދޭވަރުގެ ކަންކަން ރަށްރަށުގައި ނުކޮށް ހުންނަ ސަބަބެއް އެއްގޮތަކަށްވެސް ނުވިސްނޭ ކަމަށާއި ކޮންމެ މަހަކުވެސް ރަށްރަށުގައި ހުންނަ ކުދިކުދި ކަންކަން ކޮށްލެވޭ ވަރަށް ދައުލަތަށް އާމްދަނީ ވަންނަމުންދާ ކަމަށެވެ.


އެހެންނަމަވެސް ސަރުކާރުން މިސްމެނޭޖްކޮށް، ބޭކާރު އިސްރާފުތައް ގިނަކޮށް ކުރަން ނުޖެހޭ އެތައް ޚަރަދެއް ކުރާތީ މިހެން ހުންނަ ކަންކަން ކުރުމަށް ޖާގަ ނޯންނަ ކަމަށް ވިދާޅުވިއެވެ. އަދި އެއްވެސް ހަރުދަނާ ކަމެއްނެތި ކަންކަން ކުރުމުން ފައިސާ ޗާޕްކޮށް، މުސާރަ ދޭންވެސް ލޯނު ނަގާ ހިސާބަށް ދިއުމަކީ ދައުލަތުގެ އިޤްތިޞާދު ބޮއްސުން ލައިގެން ދިޔަ ސަބަބު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ