- Advertisement -ad image

ރީ-ރަޖިސްޓްރޭޝަނަށް މިހާތަނަށް 25،000 އަށްވުރެ ގިނަ ފޯމު ވަނީ ލިބިފަ: އީސީ

ad image

ގުޅުންހުރި ލިޔުންތައް


ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުުރުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް މިހާތަނަށް ފަންސަވީސްހާސް ހަތަރު ސަތޭކަ ނުވަދިހަ ތިން މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

ދެވަނަ ބުރަށް ރީރަޖިސްޓްރޭޝަނަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވަނީ ހުކުރު ދުވަހުގެ މެންދުރު ފަހު 3:00 އިން ފެށިގެން މިއަދުގެ މެންދުރުފަހު 3:00 ށެވެ.
އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ހުކުރު ދުވަހު އެކަނި ވެސް 9،206 ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ކަމަށާއި އޭގެ ތެރެއިން 7،267 ފޯމު ހުށަހަޅާފައިވަނީ އޮންލައިންކޮށް ކަމަށެވެ.
އަދި ހޮނިހިރު ދުވަހު ރީރަޖިސްޓްރީ ކުރަން 16،287 ފޯމް ހުށަހެޅިއިރު މީގެތެރެއިން 11،082 ފޯމް ހުށަހަޅާފައި ވަނީ އޮންލައިންކޮށެވެ.
އެހެންކަމުން މިހާތަނަށް ރީރަޖިސްޓްރީ ކުރުމަށް އޮންލައިންކޮށް އެކަނިވެސް 18،349 ފޯމް ވަނީ އިލެކްޝަނަށް ހުށަހަޅާފައި ކަމަށް ހަބީބު ވިދާޅުވިއެވެ
“ މިހާތަނަށް، ދެވަނަބުރުގައި، 10271 މީހުން ރީ-ރަޖިސްޓަރީ ކޮށްދެވިފައިވޭ “ ހަބީބް ވިދާޅުވިއެވެ
ރީ-ރަޖިސްޓަރީ ކުރަން، ދެވަނަބުރުގައި ހުށަހެޅި ފޯމުތަކުން، އެކިއެކި ސަބަބުތަކާ ހުރެ، މިހާތަނަށް 1546 ފޯމު ރިޖެކްޓް ވެފައިވާ ކަމަށައި ފޯމުތައް ރިޖެކްޓް ވަނީ، ހުށަހަޅަންޖެހޭ ހުރިހާ މަޢުލޫމާތު ފުރިހަމަ ނުވާތީ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.
‏އަދި އޮންލައިންކޮށް ހުށަހަޅާފައިވާ ފޯމުތަކުން، ޕެންޑިންގ ކަމަށް ދައްކަނީ، އެ ފޯމުތަކުގެ ވެރިފިކޭޝަން މަރުޙަލާ މުޅިން ނުނިމޭތީ ކަމަށާއި ފޯމުތަކުގެ ސައްހަކަން ކަށަވަރުވިހާ އަވަހަކަށް، ރީ-ރަޖިސްޓަރީ ކުރެވުނުކަމުގެ މެސެޖް ލިބޭނެ ކަމަަށްވެސް ހަބީބު ވިދާޅުވިއެވެ.
‏” މިއަދުގެ ހަވީރު 4:00 ގެ ކުރިން، ރީ-ރަޖިސްޓަރީ ކުރަން ހުށަނާޅައިފިނަމަ، ރިޔާސީ އިންތިހާބު 2023 ގައި، ދެން އެފުރުސަތު ލިބުމަކީ ނާދިރުކަމެއް “ ހަބީބް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ