- Advertisement -ad image

ރީރަޖިސްޓްރީ ކުރުމުގެ ނަމުގައި އޮޅުވާލައިގެން އެތައް ބައެއްގެ ރަޖިސްޓްރީ ބަދަލުކުރުމަށް ދަނީ މަސައްކަތްކުރަމުން: އަދުރޭ

ad image

ގުޅުންހުރި ލިޔުންތައް


ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީކުރަން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލުމުން އޮޅުވާލައިގެން އެތައް ބައެއްގެ ނަމުގައި ފޯމު ފުރާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ދެ ދުވަހުގެ ތެރޭގައި 25،000 ވުރެ ގިނަ ފޯމު ރީރަޖިސްޓްރީ ކުރުމަށް ހުށަހަޅާލާފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ އަދުރޭ ވިދާޅުވީ މި އިންތިހާބު ވަގަށް ނެގުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ސަރުކާރުން ކުރަމުންދާ ކަމަށެވެ.
“ ރީރަޖިސްޓްރީ ކުރުމަށް ހުޅުވާލި ދެދުވަހުގެ ތެރޭގައި މިހާރު މިވަނީ 25،000 ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައި. މީ އަޅުގަނޑަށް ގަބޫލުކުރެވޭ އަދަދެއް ނޫން. އެގިނވަޑައިގަންނަވާނެ ކުރީ ފަހަރު ހަތް ދުވަސް ދިނީމަވެސް 20،000 މީހުން ރަޖިސްޓްރީ ނުކުރޭ. އެހެންވީމަ މީ ގަސްދުގައި އޮޅުވާލައިގެން ކުރަމުންގެންދާ ވަރަށް ބޮޑު ވައްކަމެއް “ އަދުރޭ ވިދާޅުވިއެވެ.
އިތުރަށް އަދުރޭ ވިދާޅުވީ، މިކަމުގެ ކަންބޮޑުވުން އިންތިއާއަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ތެރޭގައިވެސް އެބައޮތް ކަމަށެވެ.
“ އަޅުގަނޑު އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގަށް ގުޅިން. ފުވާދު ވިދާޅުވީ ތިމަންނަގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އެބައޮތޭ މިކަން ވަރަށް ގާތުން ބައްލަވާދޭށޭ. ރަށްރަށުގައި ތިބި ސްޓިއަރިން ކޮމިޓީތަކުގެ ބޭފުޅުން މިހާރުން މިހާރަށް ކުރަންވީ ކަމަކީ ރަށުގައި ތިބި މީހުން ވޯޓުލާން އޮތްތަން ޔަގީން ކުރަންވީ “ އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ މި އިންތިހާބު ވަގަށް ނަގާކަށް ފުރުސަތެއް ނުދޭނެ ކަމަށާއި ކިރިޔާވެސް ފުރުސަތެއް ލިބިއްޖެނަމަ އިންތިހާބު ސަރުކާރުން ވަގަށް ނަގާނެ ކަމާމެދު ސުވާލެއްވެސް ނެތް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ