- Advertisement -ad image

މަޖިލިސް ހުއްޓުވާފައިވަނީ ރައީސް ސާލިހުގެ ސީދާ ބައިވެރިވުން އޮވެގެން: ނަޝީދު

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލިސް ހުއްޓުވާފައިވަނީ ސީދާ ރައީސުލްޖުމުހޫރިއްޔާގެ ބައިވެރިވުން އޮވެގެން ކަމަށާއި ދިވެހި ދައުލަތުގެ ބާރުތައް އަތްޕުޅު މައްޗަށް ނަންގަވާ ދައުލަތް ހުއްޓާލުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިލްތިމާސް ކުރައްވައިފިއެވެ.
މީގެ ކުރިންވެސް ކޯރަމް ހަމަނުވެގެން މަޖިލީހުގެ އެތައް ޖަލްސާއެއް މެދުކަނޑާލިއެވެ.
ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހުއްޓުނަ ނުދީ ކުރިއަށް ގެންދިއުމަކީ އޭނާގެ ޒިންމާއެއް ކަމުން އެކަން ކުރެވެން އޮތް ގޮތަކަށް ކުރާނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.
އަދި ނަޝީދު ވިދާޅުވީ، މަޖިލީސްގެ ކުޑަ ދަށުގައި މެންބަރުން އެބަތިއްބެވި ކަަމަށެވެ.
“އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވަން، ދިވެހި ދައުލަތުގެ ބާރުތައް މަނިކުފާނު އަތްޕުޅު މައްްޗަށް ނަންގަވާ، ދިވެހި ދައުލަތް ހުއްޓުވާލައްވަން ތިކުރައްވާ މަސައްކަތްތައް ހުއްޓުވުމަށް، އަދި އަޅުގަނޑުގެ މަސައްކަތް އަޅުގަނޑު ނުހުއްޓުވާނެ ކަމަށް މަނިކުފާނަށް ވަރަށް ސާފްކޮށް ދަންނަވަން.” ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގައި މިއަދު އޮތީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ރާއްޖޭގެ މަސްކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރަށް ގޮވާލާ ހުށަހަޅާ ގަރާރުގެ އިބްތިދާއީ ބަހުސް އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުށަހެޅި ގަރާރަށް ބަހުސް ކުރުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ