- Advertisement -ad image

އިންޑިއާ ފަތުރުވެރިންނަށް ރާއްޖެއިން މަރުހަބާ ކިޔާނަން: ފައިސަލް

ad image

ގުޅުންހުރި ލިޔުންތައް

އިންޑިއާގެ މާކެޓު ރާއްޖެ އަށް ވަރަށް މުހިއްމު ކަމަށާއި، އެ ގައުމުން އަންނަ ޓޫރިސްޓުންނަށް އަބަދުވެސް މަރުހަބާ ކިޔާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

އަރަބިއަން ޓްރެެވެލް މާކެޓުގައި ބައިވެރިވަޑައިގަންނަވަން ދުބާއީ އަށް ވަޑައިގެން އުޅުއްވާ މިނިސްޓަރ ފައިސަލް، އިންޑިއާގެ ޕީޓީއައި ނޫހަަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އިންޑިއާ އާއި ރާއްޖެއަކީ ކުރިއްސުރެ ހާރިޖީ ގުޅުން އޮތް ދެ ގައުމު ކަމަށެވެ.

އަދި މިހާރުގެ ސަރުކާރުން ދެގައުމު އެކުގައި މަސައްކަތް ކުރަން ބޭނުންވާ ކަމަަށާއި، އިންޑިއާގެ ފަތުރުވެރިންނަށް މަރުހަބާ ކިޔާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހި ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް އިންޑިއާގެ ފަތުރުވެރިންނަށް މަރުހަބާ ވިދާޅުވާނެ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެއިން އަބަދު ވެސް ޕްރޮމޯޓް ކުރާނީ އަމާން ކަމާއި އެކުވެރިކަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި އިންޑިއާއަކީ ބޮޑު އާބާދީއެއް އޮންނަ ގައުމެއް ކަމަށާއި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އިންޑިއާގެ މާކެޓު މުހިންމު ކަމަށް ވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ