- Advertisement -ad image

ރިޔާސީ ކެމްޕެއިންގައި ޑރމުއިއްޒު ނ އަތޮޅަށް!

ad image

ގުޅުންހުރި ލިޔުންތައް


ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ނ އަތޮޅަށް މިއަދު ވަޑައިގެންފިއެވެ.
އެގޮތުން އެންމެ ފުރަތަމަ ޑރ މުއިއްޒު ވަޑައިގަތީ ނ އަތޮޅުގެ އެއަރޕޯޓު އޮންނަ ރަށް ކަމުގައިވާ މާފަރަށެވެ.
މާފަރުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ވަނީ ދަންނަވާފައެވެ.
އެމަނިކުފާނުގެ މިދަތުރުފުޅުގައި ނ، ރ. ބ، ޅ އަދި ކުޅުދުއްފުށި ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.


ސެޕްޓެމްބަރު 9 ގައި އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިންގެ ތެރެއިންވެސް ޑރ. މުއިއްޒު، ނ، ރ، ބ، އަދި ޅ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންނެވި އެވެ.
މިއަދާއި ކުރިއަށް އޮތް ދެ ދުވަހުގެ ދަތުރުފުޅު ހާއްސަކުރައްވާފައި ވަނީ ފުރަތަމަ ބުރުގެ ކެމްޕެއިންގައި ވަޑައިނުގެންނެވޭ ރަށްރަށަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށެވެ.
އެގޮތުން މިއަދު ޑރ. މުއިއްޒު ވަޑައިގަންނަވާނީ ފުރަތަމަ ބުރުގައި ވަޑައިނުގެންނެވޭ ނ، އަތޮޅުގެ ރަށްތަކަށާއި ރ، އަތޮޅުގެ ބައެއް ރަށްތަކަށެވެ.
ރ. އަތޮޅުގެ އިތުރު ރަށްތަކާއި، ބ، ޅ އަދި ކުޅުފުއްފުށި ސިޓީގެ ދަތުރުފު އޮތީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ތިން ދުވަހަށް ބަހާލާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ