- Advertisement -ad image

މާޅެންދޫގެ ފަޅުން ހިއްކެން އޮތް ވަރަކަށް ބިން ހިއްކުމަށް ޑރ މުއިއްޒު ވައުދުވެވަޑައިގެންފި

ad image

ގުޅުންހުރި ލިޔުންތައް


ނ. މާޅެންދޫގެ ފަޅުން ހިއްކެން އޮތް ވަރަކަށް ބިން ހިއްކުމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
ނ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު މާޅެންދޫއަށް ވަޑައިގެން ޑރ މުއިއްޒު ވިދާޅުވީ ރަށުގައި ބިމުގެ ދަތިކަން ހުރި ވާހަކަ ރައްޔިތުން ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން ފަޅުގައި ޖާގަ އޮތް އެންމެ ފުޅާ މިނަކަށް ބިން ހިއްކަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެ މަސައްކަތް ކުރާނީ އެންވަޔަރަމެންޓަލް ރިޕޯޓް (އީއައިއޭ) ހެދުމަށްފަހުގައި އެ ރިޕޯޓްގައި ފާހަގަކުރާ ކަންކަމަށް ބަލާފައިކަމަށް ވިދާޅުވިއެވެ.
“އެންމެ ފުޅާކޮށް، އެންމެ ބޮޑުކޮށް ހިއްކެތް އޮތް ވަރަކަށް މި ރަށުގައި ބިން ހިއްކައިދޭނަން “ މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ މެނިފެސްޓޯގައި ކޮންމެ ރަށެއްގެ ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް އެ ރަށެއްގެ އާދާބީގެ ނިސްބަތުންނާއި އިގްތިސޯދީ މަސައްކަތް ކުރާ މިންވަރަށް ބަލާފައި އެ ރަށަކަށް އެކަށީގެންވާ ލެބޯޓްރީއެއް ގާއިމްކޮށްދެއްވާނެ ކަމަށް ވައުދުވެލައްވާފައިވާނެ ކަމަށެވެ. މާޅެންދޫގެ ސިއްހީ މަރުކަޒަކީ ލެބޯޓްރީގެ ހިދުމަތް ލިބޭ ފެންވަރު ރަނގަޅު ތަނަކަށް ހައްދައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ