- Advertisement -ad image

އަމިއްލަވަންތަކަން ނެތިގެން ދިއުމަކީ ވަރަށް ބޮޑު ނުރައްކަލެއް: މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


އަމިއްލަވަންތަކަން ނެތިގެން ދިއުމަކީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށާއި ރައްޔިތުންކުރާ ސުވާލައް ސަރުކާރުން ޖަވާބު ނުދޭނަމަ އެއީ ރައްޔިތުން ވިސްނާލަން ޖެހޭނެ ކަމެއް ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ ރ ހުޅުދުއްފާރުގައި ބޭއްވި ޖަލްސާގައި ވާހަކަފުަޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ، ކޮންމެ ރައްޔިތެއްގެ ހަގުވެސް ކަށަވަރުކޮށްދޭނެ ކަމަށާއި އެމަނިކުފާނުގެ ސިޔާސަތަކީ ދިވެހީންގެ މިނިވަންކަމާ އިސްތިޤްލާލު ކަށަވަރުކުރުމުގެ ސިޔާސަތު ކަމަށެވެ.

“ “ދިވެހީންގެ ރާއްޖެ”އަކީ މާރީތިވެގެން އަޅުގަނޑުމެން ޚިޔާރުކުރި ޝިޢާރެއް ނޫން. އެއީ ކޮންމެފަހަރަކު އަޅުގަނޑުމެންގެ އަތުން މިރާއްޖެ ސަލާމަތްކުރަން މިޤައުމުގެ އަބްޠާލުން ކުރެއްވި ޖިހާދުގެ ހަނދާނެއް. އާދެ މިހާރު އަޅުގަނޑުމެންގެ ރާއްޖެ މިވަނީ އަޅުގަނޑުމެންގެ އަތުން ބީވެގެން ދިއުމުގެ މަގުމަތީގައި. އަޅުގަނޑުމެން އެންމެން މިޖެހެނީ ޤައުމީ މަސައްކަތެއް ކުރަން. އެއީ ޑިމޮކްރަސީގެ ތެރެއިން ލިބޭ ވޯޓު ލުމުގެ ފުރުޞަތު. މި ޙައްޤުގެ ބޭނުން ފުރިހަމަގޮތުގައި ހިފަންވީ. އެންމެން އެއްވެގެން ކުރަން ޖެހޭ ޤައުމީ މަސައްކަތެއް މިއީ “ މުއިއްޒު ވިދާޅުވިއެވެ.

އަދި ކޮރަޕްޝަން އިންތިހާއަށް މި ސަރުކާރުގައި ދިޔަ ދިޔުމަށް ޖަވާބެއް ނުދެވި މިއުޅެނީ ކީއްވެތޯ ސަރުކާރާ ސުވާލު ކުރަންޖެހޭ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

“ އޭގެ އެއް މިސާލު ކޮވިޑުގައި ވީނުވީ ނޭނގުނު ވެންޓިލޭޓަރުތައް. ކޮބައިތޯ ކޮވިޑްގައި ވެންޓިލޭޓަރުތައް ގެނައުމަށް ޚަރަދުކުރި 30 މިލިއަން ރުފިޔާ. މިއަށް ސަރުކާރުން ޖަވާބުދާރީވާންވީ ނޫންތޯ؟ ޑރ މުއިއްޒު ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީން މިއަންނަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކު ރައްޔިތުންނަށް މިކަން ކޮށްދޭން ކަމަށާއި ރައީސް ކަމަށް ކުރިމަތިލައްވަން މަސައްކަތް ކުރަނީ މި އަމާނާތް އަދާކޮށް މި ޒިންމާ އުފުލައި، ތެދުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކޮށްދެވޭނެކަމުގެ ޔަގީންކަން އޮތީމާ ކަމަށްވެސް ޑރ މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ