- Advertisement -ad image

އަނގޮޅިތީމުން ގިނަ ބަޔަކު ޕީޕީއެމާއި ގުޅިއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ރ އަނގޮޅިތީމުން ގިނަ އަދަދެއްގެ ބަޔަކު އިދިކޮޅު ޕީޕީއެމާއި ގުޅިއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި ޑރ. މުއިއްޒު އަނގޮޅިތީމަށް ވަޑައިގެންނެވުމުން އެރަށުން ވަނީ ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ.
އަނގޮޅިތީމުން މިއަދު ޕީޕީއެމަށް ސޮއިކުރި މީހުންގެ ތެރޭގައި ގިނައީ ޒުވާނުންނެވެ. އޭގެ ތެރޭގައި މީގެ ކުރިން އެމްޑީޕީގައި ހަރަކާތްތެރިވި ބޭފުޅުންވެސް ހިމެނެއެވެ.

މިމީހުންގެ ފޯމު ތަކާއި ހަވާލުވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުއާއި، ޕީއެންސީގެ ރައީސް އަބްދުއްރަހީމެވެ. މުއިއްޒުއަށް މަރުހަބާ ކިޔުމަށް އެރަށުގެ ބައެއް އެމްޑީޕީ މެމްބަރުންވެސް ވަނީ ނިކުމެ ޖަލްސާގައިވެސް ބައިވެރި ވެފައެވެ.

މުއިއްޒު މިއަދު ވިދާޅުވީ ގިނަ އަދަދެއްގެ ޒުވާނުން ގުޅުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި ޒުވާނުން މިސަރުކާރު ބަދަލު ކުރުމަށް ބޭނުންވާ ވަރާއި، ޒުވާނުން ބަކީވެފައިވާ މިންވަރު މިކަމުން ހާމަވާކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވަނީ މިކަން ބަދަލުކޮށް ޒުވާނުން ބާރުވެރި ކުރުވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ