- Advertisement -ad image

ބޭބީ ނާސަރީ އަދި ޕްރީސްކޫލް ހިންގަން ކޮންމެ ރަށަކަށްވެސް ސަރުކާރުން ބޮޑު އެހީތެރިކަމެއް ދޭނަން: މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ބޭބީ ނާސަރީ އަދި ޕްރީސްކޫލް ހިންގަން ކޮންމެ ރަށަކަށްވެސް ސަރުކާރުން ބޮޑު އެހީތެރިކަމެއް ދޭނެ ކަމަށް ޑރ މުއިއްޒު ވިދާޅުވެއްޖެއެވެ.
ރ. ރަސްގެތީމު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ސަރުކާރުގެ ރަސްމީ ނިޒާމުގައި ޕްރީ ސްކޫލު މިހާރު ނުހިމަނާ އޮތަސް އެމަނިކުފާނުގެ ވެރިކަމެއްގައި އެކަމަށް ހެޔޮ ބަދަލެއް ގެންނަން މިހާރުވެސް މަޝްވަރާކުރަމުންދާ ކަމަށެވެ.
އަދި މިހާރުވެސް ދޭ ޔަގީންކަމަކީ، ބޭބީ ނާސަރީ އަދި ޕްރީސްކޫލް ހިންގަން ކޮންމެ ރަށަކަށްވެސް ސަރުކާރުން ބޮޑު އެހީތެރިކަމެއް ދޭނެ ކަން ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ރަސްގެތީމުގައިވެސް މިވަގުތު ހިނގަމުންދާ އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެ ކަމަށާއި ހުރިހާ ރަށެއްގައިވެސް ހިނގަމުންދާ އަދި ފަށާފައި ހުއްޓިފައި ހުރި ކަންކަންވެސް ރައްޔިތުން އެދޭގޮތަށް ނިންމައިދޭނެ ކަމަށެވެ.
“ މި ރަށުގެ ބަނދަރުގެ މައްސަލަ ހައްލުކޮށްދީ، ނެރު ބަދަލު ކުރުމާއިއެކު، އޮޑިއެހެލާ މަރާމާތު ކުރެވޭނެ ތަނެއް ބިނާ ކުރުން ކުރިއަށް ދާނެ “ މުއިއްޒު ވިދާޅުވިއެވެ.
ރަސްގެތީމަށް ޑރ މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް:
ސިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅު ކޮށްދީ ސްކްލޫގެ ހޯލް ފެންވަރު ރަނގަޅު ކޮށްދިނުން.
ކުނި މެނޭޖް ކުރުން ރަށުގެ ނިސްބަތުން ރަނގަޅު ނިޒާމެއް ގާއިމްކޮށްދޭނަން.
ފުޓްސަލް ދަނޑުގެ ފެންސް މަރާމާތު ކުރުމާއި، މިސްކިތުން ފެންފޭބުން ރަނގަޅު ކޮށްދޭނަން.
ރަށުގެ އިންޖީނުގެ މަސައްކަތް ނިންމައިދޭނަން.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ