- Advertisement -ad image

ހައުސިންގ މަޝްރޫޢުތަކުގެ ކުލި ކުޑަ ކުރައްވާނެ ގޮތުގެ ފޯމިއުލާ ޑރ. މުޢިއްޒު ވިދާޅުވެދެއްވައިފި

ad image

ގުޅުންހުރި ލިޔުންތައް

ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ހައުސިންގ މަޝްރޫޢުތަކުގެ ކުލި ކުޑަ ކުރައްވާނެ ގޮތުގެ ފޯމިއުލާ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެދެއްވައިފިއެވެ.

ޑރ. މުޢިއްޒު މި ތަފްޞީލް ހާމަކުރެއްވީ ” އާސްކް މުޢިއްޒު” ޕްރޮގްރާމްގައި ހިޔާ ފްލެޓާ ވިނަރެސް ފްލެޓްގެ ކުލި ކުޑަކުރާނެ ވާހަކަ ޑރ. މުޢިއްޒު ވިދާޅުވެފައިވުމުން ހިޔާ ފްލެޓަކީވެސް ވަރަށްބޮޑު ލޯނެއް ނަގައިގެން ހިންގާފަވާ މަޝްރޫއެއް ކަމާއި،ހިޔާ ފްލެޓްގެ ކުލި ކުޑަނުކުރެވިގެން އުޅެނީކުރީ ސަރުކާރުން ކަންކުރިގޮތުން ކަމަށް މި ސަރުކާރުން ބުނަމުންދާއިރު، ހިޔާ ނުވަތަ އެހެނިހެން ހައުސިންގް މަޝްރޫޢުތަކުގެ ކުލި ކުޑަކުރަން ޑރ.މުޢިއްޒުގެ ސަރުކާރެއްގަ ކަންކުރާނެ ގޮތަކީ ކޮބައިތޯ އާއި ފްލެޓްތައް ކުލި ކުޑަކުރާއިރު ނަގާފަހުރި ލޯނުތަކަށް ހަދާނީ ކިހިނެތްތޯ އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މުޢިއްޒު ވިދާޅުވީ ހިޔާ ފްލެޓްގެ އަގު ބޮޑުކުރީ މިސަރުކާރުން ކަމަށާއި، ރައީސް ޔާމީންގެ ވެރިކަމުގަ ބިމުގެ އަގާ ފައިނޭންސްއާއި އޭގެ ހުރިހާ އަގެއް ހެދީމަވެސް މަހަކަށް 5600 ރުފިޔާ ރައްޔިތުން އަތުން ނެގީމަވެސް ކުންފުންޏަށް ފައިދާވާ ކަމަށެވެ.

އެހެންނަމަވެސް މިސަރުކާރުން އެ ހިސާބު ރަނގަޅު ނޫންކަމަށްބުނެ ފުރަތަމަކުލީގެ ގޮތުގައި 11 ހާސް އަދި، ފަހުން 7 ހާސް އަދި މިހާރު 5300 އަށް ހެދުމުން ކުރީ ސަރުކާރުން ޖެހި ހިސާބާއި ހަމަޔަށް އައިސްފައިވާކަން މުޢިއްޒު ފާހަގަކުރެއްވިއެވެ.

މުޢިއްޒު ވިދާޅުވީ އެކަމުން އެނގިގެންދަނީ ކުރީ ސަރުކާރުން ޖެހި ހިސާބު ދިމާވެފައިވާކަމަށެވެ.

“ހިޔާ ފްލެޓްގެ އަގު މިސަރުކާރުން ބޮޑުކުރީ. އަޅުގަނޑުމެން ރައީސް ޔާމީންގެ ވެރިކަމުގަ ބިމުގެ އަގާ ފައިނޭންސްއާއި އޭގެ ހުރިހާ އަގެއް ހެދީމަވެސް މަހަކަށް 5600 ރުފިޔާ ރައްޔިތުން އަތުން ނެގީމަވެސް ޕްރޮފިޓް ފައިވާ އެބަވޭ ކުންފުންޏަށް. އެހެންނަމަވެސް މިސަރުކާރުން ވިދާޅުވީ އެއީ ރަނގަޅު ހިސާބެއްނޫނޭ. މިސަރުކާރުން ފުރަތަމަ 11 ހާސް ފަހުން 7 ހާސް އަދި މިހާރު 5300 އަށް ހެދީމަ އަޅުގަނޑުމެން ޖެހި ހިސާބާއި ހަމަޔަށް އައިސްސަ އެއޮތީ. އަޅުގަނޑުމެން އޭރު ދެންނެވީ މެއިންޓެނެންސް ފީއާއެކު 5600 ގޮތުގަ ކަމަށް ކުރިއަށް ގެންދާނީ. އެ ހިސާބު ދިމާވާތީ ނޫންތޯ މިސަރުކާރުން އެހެން އެ ހެދީ. އެ އަގު ދިމާވާނެ” ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން މުޢިއްޒު ވަނީ މިސަރުކާރުން ފްލެޓްތަކުގެ ނަން ބަދަލުކޮށް އާނަމެއް ދީފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ވިނަރެސް ފްލެޓްގެ ނަމަށް ބަދަލުކުރިކަމަށް ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ ވިނަރެސް ފްލެޓްތަކުގެ ހިސާބު ކިތާބާއި، ލޯނުތަކާއި ގުޅެ ހުރިހާ ކަމެއް އެނގިވަޑައިގަންނަވާ ކަމަށާއި، އެއްބަސްވުންތަކުގައި ސޮއި ކުރެއްވީވެސް މުޢިއްޒު ކަމަށެވެ. އަދި މި ފްލެޓްތަކުގެ ލޯނުތައް ދައްކާ މިހާރު ހުރި ވަރަށްވުރެ ކުލި މާބޮޑަށްވެސް ކުޑަ ކުރެވޭނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.

“ދެން ވިނަރެސް ފްލެޓް މިބޭފުޅުން އާނަމެއް ދިނީ. އެތަނުގެ ހިސާބު ކިތާބާއި ހުރިހާ ލިޔެކިޔުމެއް ހެދިއިރު އެކަން ހިންގީ ހައުސިންގ މިނިސްޓްރީގަ އަޅުގަނޑު ހުރިއިރު. ފުރަތަމަ އެގްރީމެންޓްގަ ސޮއިކުރީވެސް އަޅުގަނޑު،ފަހުން އެޗްޑީސީއަށް އެގްރީމެންޓް ބަދަލުކުރީ. އެކަމަށް 2 ލޯނެއް އޮންނާނެ . މިހާރު ދައްކަންޖެހޭ ޑައުންޕޭމަންޓް އަދި މަހަކު ދައްކަންޖެހޭ ވަރު ބޮޑު. އެ ކުޑަކުރެވޭނެ އެއީ ހައި އެންޑް ނޫނީ މީޑިއަމް ޓު ހައި އެންޑް ގެ ފްލެޓް ތަކެއްނޫން. އެއީ އާދައިގެ އާމްދަނީއެއްލިބޭ ރައްޔިތުންނަށް ދޭން ނިންމާފަހުރި ތަންތަން. އެތަންތަނުގެ އަގުތައް މިހާރަށްވުރެ ކުޑަވާންޖެހޭނެ” މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުޢިއްޒު ވިދާޅުވީ ވިނަރެސް ފްލެޓްތަކަކީ ހިޔާ ސޯޝަލް ހައުސިންގއަށް ވުރެ ރަނގަޅަށް ފިނިޝިންގ ނިންމާފައިހުރި ފްލެޓްތަކަށް ވުމުން ރޭންޖެއް ގެންގުޅޭވޭނެ ކަމަށާއި އެހެންނަމަވެސް މިހާރު ހުރި އަގަށްވުރެ މާ ރަނގަޅަށްވެސް ކުލި ކުޑަކުރެވޭނެކަމަށެވެ.

ކުލި ކުޑަކުރިނަމަވެސް ކުންފުންޏަށް ފައިދާވެ ލޯނު ދައްކާ ހުރިހާކަމެއްކުރެވޭނެކަން ފާހަގަކުރައްވާ މުޢިއްޒު ތަކުރާރުކޮށް ދެންނެވީމިސަރުކާރުން ވިނަރެސް ފްލެޓްތަކުގެ ކުލީގެ ގޮތުގައި ނަގަނީ މާ ބޮޑު އަގެއްކަމަށާއި، ވިނަރެސް ފްލެޓްތަކުގެ ކުލި ޔަޤީނުންވެސް އެއަށްވުރެ ކުޑަކުރެވޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ