- Advertisement -ad image

ޖުމުހޫރީ ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން ޕީޕީއެމްއަށް ސޮއިކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ޖުމުހޫރީ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ މެންބަރުންތަކެއް ޕީޕީއެމް އާއި ގުޅިއްޖެއެވެ.
މިރޭ ޑރ މުއިއްޒުއަށް އެންޑޯސް ކުރެއްވި ޖުމުހޫރީ ޕާޓީގެ އިސްބޭފުޅުންނަކީ ކައުންސިލް މެމްބަރު އިބްރާހިމް ޒަކީ، އަބްދުالله ހުސެއިން، ޑރ މުހައްމަދު ކިނާނަތު، ހުސެއިން ޒާމިރު އަދި ޑރ އިބްރާހިމް ޝިޔާމްއެވެ.
މީގެއިތުރުން މިރޭ ޕީޕީއެމްއަށް ސޮއިކުރެއްވި ފަރާތްތަކުގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަބްދުالله ޖިހާދު، ޑރ އިރުތިޝާމް އާދަމް، ޖުމުހޫރީ ޕާޓީގެ ކައުންސިލް މެންބަރު އަލްއުސްތާޒު އަލީ އިބްރާހިމް، ކައުންސިލް މެމްބަރު މުހައްމަދު ޝާހިދު، ކައުންސިލް މެމްބަރު މުހައްމަދު ނާޒިލް، ކައުންސިލް މެމްބަރު ފަޒީލް އަލީ، ގާސިމް އިބްރާހިމްގެ އެޑުވައިޒަރު ހަސަން މުޣުނީ އަދި ކުރީގެ ވެލިދޫ ދާއިރާގެ މެމްބަރު ޔާމިން ރަޝީދު ހިމެނެއެވެ.
އަދި ޑރ އައިޝަތު އަލީ ނާޒުވެސް ވަނީ މިރޭ ޕީޕީއެމްއަށް ސޮއިކުރައްވާފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ޖޫމުހޫރީ ޕާޓީން ނިންމާފައިވާއިރު އެޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވި ގިނަ އަދަދެއްގެ މެންބަރުން ދަނީ އިދިކޮޅު ކޯލިޝަނާއި ގުޅެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ