- Advertisement -ad image

ޤައުމަށް އޮތް ލޯބި ވޯޓުން ދައްކައިފިނަމަ 1 އޮކްޓޯބަރުގައި އަލިވިލޭނީ މިނިވަން ޖައްވަކަށް: މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ޤައުމަށް އޮތް ލޯބި ވޯޓުން ދައްކައިފިނަމަ 1 އޮކްޓޯބަރުގައި އަލިވިލޭނީ މިނިވަން ޖައްވަކަށް ދިވެހީންގެ ރާއްޖެ އަށް ކުރާ ދަތުރު ފަށާ ފަތިހަކަށް ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ބިދާަޅުވެއްޖެއެވެ.
ގިރާވަރު ރައްޔިތުންނާއެކު ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ، ފުރުޞަތު ދެއްވައިފިނަމަ މި ޤައުމުގެ މިނިވަންކަން ޔަގީންކޮށްދޭނެ ކަމަށާއި އެންމެ މުހިންމީ މިނިވަންކަން ދިފާޢުކުރުން ކަމަށެވެ.
އަދި އޭގެ ފަހުން ބޯހިޔާވަހިކަމާއި ޢާމްދަނީ އަދި އިޖުތިމާޢީ ކަންކަން ކަމަށާއި އެންމެންވެސް މި ތިބީ ސީރިއަސްކަމާއި އެކު ޤައުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.
“ މިހާރު އެއަޅާ ބްރިޖަކީ އެދާގޮތަށް ދާން އަޅުގަނޑުމެން ދޫކޮށްލާނެ ބްރިޖެއް ނޫން. އެ ބްރިޖުގެ އެއްބަސްވުން ބަލައި ހުރި މައްސަލައެއް ޙައްލުކޮށްގެން އެ ބްރިޖުވެސް ނިންމައިދޭނީ އަޅުގަނޑުމެން “ މުއިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ގުޅީ ފަޅުގައި ބަނދަރަކަށް ބޭނުންވާ ޖާގައެއް ބާއްވާފައި އެއްކޮށް ހިއްކާ ގިރާވަރު ފަޅާއި ފުށިދިއްގަރު ފަޅު އެއްކޮށް ހިއްކައިގެން ފުރަތަމަ އަހަރުގައި މާލޭގެ ރައްވެހީންނާއި މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހަމަޖައްސާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.
“ އަޅުގަނޑު ކޮށްދޭން މި ދަންނަވާ ކަންކަމަކީ އަދި ވާ ވަޢުދުތަކަކީ ޓެކްނިކަލީ ކަންކަން ބަލައި ދިރާސާކޮށް ކަންކުރަންވީ ގޮތް ބަލައި ޔަގީންކޮށްގެން ދައްކާ ވާހަކަ. ރައްޔިތުންނަށް މިހުށައަޅާ ކަންކަން ފުއްދައިދެވޭނެ. ފުއްދައިދޭނަން “ ޑރ މުއިއްޒު ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަކީ އުނދަގޫކަމެއް ނޫން ކަމަށާއި އިންތިހާބުން 51 ޕަސެންޓަށްވުރެ އިތުރުވާ ކޮންމެ ވޯޓަކީ އިންޑިޔާ ސިފައިން މިތަނުން ބޭލުމަށް އެޅޭނެ ބާރެއް ކަމަށްވެސް ޑރ މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ